ads
ފިޔާޒާއި ހަސަން, ދެ ނޫސްވެރިން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައި
ގަޒުފުގެ ދައުވާއަށް ފިޔާޒާއި ހަސަން އިންކާރު، ދެން އޮތީ ހެކި ހުށައެޅުން
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފު ކުރި ކަމަށް ބުނެ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އެ ދެ މީހުން މިއަދު އިންކާރުކޮށްފި އެވެ. 
Advertisement

ދައުލަތުން  ފިޔާޒާއި ހަސަންގެ މައްޗަށް އުފުލި ދައުވާއަށް އެ ދެމީހުން އިންކާރުކުރުމުން، ދައުލަތުން ވަނީ އެ ދެ ނޫސްވެރިންނާ ދެކޮޅަށް ހެކި ހުށަހަޅައިފައެވެ. އަދި ދިފާއުގައި ހެކި ހުށަހަޅަން ފިޔާޒާއި ހަސަންއަށް ފުރުސަތު ކޯޓުން ވަނީ ދީފައެވެ.

ސީދާ ގޮތުންވެސް އަދި ނުސީދާ ގޮތުންވެސް މި ޝަރީއަތާ  ގުޅޭ މައުލޫމާތު އާންމު ނުކުރަން އަންގާ ކްރިމިނަލްކޯޓުން ވަނީ  އެންމެންގެ މައްޗަށް ގެގް އޯޑަރެއް ކުރިން ނެރެފަ އެވެ. އެހެންވެ، 

އެ އަމުރާ ހިލާފުވި ކަމަށް ބުނެ މިދިޔަ މޭ މަހު 12 ގައި އެ ކޯޓުން ވަނީ އަދަދު ނޫހުގެ ދެ ނޫސްވެރިންކަމަށްވާ   ލީވާން އަލީ ނަސީރު 10 ދުވަހަށް އަދި، މުހައްމަދު ޝަހްޒާން 15 ދުވަހަށް ޖަލަށް ލާފައެވެ. ދެ ނޫސްވެރިން ވެސް މިހާރު ވަނީ މުއްދަތު ހަމަވުމުން މިނިވަންވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;