އެ ކުންފުނިން ބުނީ ކުއްޔަށްދޫކުރަނީ 10 ވަނަ ޓަވަރާއި 12 ވަނަ ޓަވަރުގައި ހުރި ކޮމާޗަލް ދެ ޔުނިޓްކަމަށެވެ.
10 ވަނަ ޓަވަރުގައި ހެދޭނީ ފިހާރައަކާއި ކެފޭއަކާއި ކްލިނިކް ނުވަތަ ޖިމެކެވެ. 12 ވަނަ ޓަވަރުގައި ހަދަން ދީފައިވަނީ ފިހާރައަކާއި ކެފޭއަކާއި ކްލިނިކަކާއި ޖިމެއް ނުވަތަ ފާމަސީއެކެވެ.
މި ޔުނިޓްތައް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އަންނަމަހުގެ 1 ވަނަދުވަހުގެ ކުރިން ހުށައެޅުމުގެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވާލާފައެވެ.
ހިޔާ ފްލެޓުގެ ކޮމާޝަލް ޔުނިޓުތައް ލިބޭ މީހުން ކަނޑައަޅާނީ އެންމެ ރަނގަޅު ބިޑު ހުށަހަޅާ މީހުންގެ ތެރެއިންކަމަށް އެޗްޑީސީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;