އެނގިފައިވާ ގޮތުގައި އެ ފުލުސް މީހާއަށް ތުހުމަތުކުރެވެނީ އޭނާގެ 15 އަހަރުގެ އަންހެން ދަރިއަށް ޖިންސީ ގޯނާ ކުރި ކަމަށެވެ. އަދި، މައްސަލައާ ގުޅިގެން ކުއްޖާގެ އިތުރުން އާއިލާ މީހުންގެ ބަޔާން ނަގާފަ އެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ އާދިއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އެ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއިން އޭނާ ވަނީ ސަސްޕެންޑް ކޮށްފައި ކަމަށް ފުލުހުން ފާހަގަކުރި އެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ވަރަށް ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށްތަކެކެވެ. ވަކިން ހާއްސަކޮށް، ދައުލަތުގެ މަގާމެއްގައި ހުރެ ނުވަތަ ކުއްޖާގެ އިތުބާރު ހިފޭ ފަދަ މަގާމެއްގައި ހުރެ މިފަދަ އަމަލެއް ހިންގުމަކީ ކުށުގެ ދަރަޖަ އިތުރަށް ބޮޑުވެގެންދާ ކަމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;