އެ ބައި އިލެކްޝަންގައި ސޯބެއާ ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ. ސޯބެ އަށް އެ އިންތިހާބުގައި 1375 ވޯޓު ލިބިވަޑައިގެންނެވިއިރު ޕީއެންސީގެ ކެންޑިޑޭޓް ސޮޑާއަށް 1313 ވޯޓު ލިބުނެވެ.
މަޖިލީހުގެ އިދާރާއިން މިރޭ ބުނީ، ސޯދިގު މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހުގެ ހެނދުނު 08:30ގައި މަޖިލީސް ކުރާ ގޭގައި އޮންނާނެ ކަމަށެވެ.
ހޯމަ ދުވަހު ސޯދިގު ހުވާކުރައްވާއިރު، މި ހަފުތާގައި ފަށަން ބުނި މި ދައުރުގެ ޖަލްސާތައް ވެސް ވަނީ އަންނަ ހޯމަ ދުވަހު ފަށަން ލަސްކޮށްފަ އެވެ.
ސޯދިގު އިންތިހާބުވެވަޑައިގަތުމާ އެކު، މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ އަދަދު 13އަށް އެރީ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;