ހައްޔަރުކުރީ ޅ. ނައިފަރު، ފުންވިލު، ޒައިދު މުހައްމަދު، އެވެ.
ފުލުހުން ބުނީ އޭނަ އޭނާ ހައްޔަރުކުރީ ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހުގެ 26 ގައި ކަމަށެވެ. ޒައިދު ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އޭގެ ބަރުދަނުގައި 7.2 ގްރާމް ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ޒައިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;