ފުލުހުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑު ފެނުނީ ރޭ ދަންވަރު އއ. އަތޮޅުގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިގެން ހޯދަނިކޮށް ކަމަށެވެ.
މިކަން އެނގުމާ އެކު އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ފެނުނީ އެ ފުލުސް މީހާ މޫދު އަޑީގައި އޮއްވައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ އާސިފް ދެއްކި ނަމޫނާ މަސައްކަތާއި، މަސައްކަތަށް ބެހެއްޓި ފަރުވާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާއަށް ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކް މިއަދު އަރުވައިފައިވާ ކަމަށެވެ. ދިވެހި ފުލުހުންގެ ހިދުމަތުގައި އާސިފް ދެއްކެވި ނަމޫނާއާއި، ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ ހަނދާންތައް އަބަދުވެސް އާކުރެވޭނީ ނުހަނު އިހުތިރާމާއެކުގައި ކަމަށް ފުލުހުން ބުންޏެވެ.
އާސިފްގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ތައުޒިޔާ ފޮނުއްވައިފަ އެވެ. ރައީސް ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށް، ޑިއުޓީގައި ކަނޑުމަތީގައި މަސައްކަތްކުރައްވަނިކޮށް، އާސިފް ނިޔާވި ހަބަރު އަޑުއެއްސެވީ ފުންހިތާމައާއެކުގައި ކަމަށެވެ. މަރްހޫމުގެ އާއިލާއަށް ކެތްތެެރިކަން ދެއްވުން އެދި ދުއާކުރައްވާ ކަމަށާއި އެ އާއިލާއަށާއި ދިވެހި ފުލުހުންނަށް ތައުޒިޔާ ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ މާތްﷲގެ ތަނަވަސް ރަހުމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމް އަހުމަދު އާސިފް ލެހެއްޓެވުމަށް ދުއާ ކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
ހއ. އުލިގަމަށް އުފަން އުމުރުން 33 އަހަރުގެ އާސިފް ނިޔާވި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;