ads
ހާއްސަ އޮފާތަކަކާއެކު އުރީދޫއިން ވޯލްޑް ކަޕަށް "ފުޓުބޯޅަ ފޯރި" ކެމްޕެއިން ފަށައިފި - ފޮޓޯ: އުރީދޫ
ވޯލްޑްކަޕް: އުރީދޫގެ ފުޓުބޯޅަ ކެމްޕެއިން ފޯރީގައި ހާއްސަ އޮފާތަކެއް!
އުރީދޫ މޯލްޑިވްސްއިން ވޯލްޑްކަޕް މޫސުމަށް ހާއްސަކޮށްގެން ކަސްޓަމަރުންނަށް "ފުޓުބޯޅަ ފޯރި"ގެ ނަމުގައި ކެމްޕޭނެއް ފަށައިފި އެވެ.
Advertisement

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުން މި ބޮޑު ކުޅިވަރު މުބާރާތަށް ތައްޔާރުވަމުންދާއިރު، މުބާރާތުގެ މެޗުތައް ފަސޭހަކަމާއެކު ބަލައިލުމަށާއި، ގޭގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް އުރީދޫއިން ވަނީ ގިނަ ލުއިތަކެއް މަގުފަހިކޮށްދީފަ އެވެ.

"ފުޓުބޯޅަ ފޯރި" ކެމްޕޭނާއެކު އުރީދޫން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދެމުންނެވެ. "ފުޓުބޯޅަ ފޯރި" ކެމްޕޭނާއި މީގެ ދަށުން ލިބޭ އޮފާތަކާ ބެހޭ އިތުރު މަޢުލޫމާތު އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ލިބޭނެކަމަށް އެ ކުންފުނިން ބުނެ އެެވެ.

ފުރިހަމަ ވޯލްޑް ކަޕް ތަޖުރިބާއަކަށް އެމްޓީވީ "Weare26" ޕެކް

އުރީދޫއިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 275 ރުފިޔާއަށް ހާއްސަ މީޑިއާނެޓް ޕެކެއް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 3 ޖީބީ ރެގިއުލާ ޑޭޓާ
  • ވޯލްޑް ކަޕް ނިމެންދެން ބޭނުންކުރެވޭ މީޑިއާނެޓް ޓީވީ ސަބްސްކްރިޕްޝަން

ސުޕަނެޓާއެކު 75 އިންޗީގެ ހައިސެންސް ޓީވީއެއް ހޯދުމުގެ ފުރުޞަތު

10 ޖޫން އިން 31 ޖުލައި 2026 ގެ ނިޔަލަށް އާ ސުޕަނެޓް އަންލިމިޓެޑް ކަނެކްޝަނަކަށް އެދޭ ކަސްޓަމަރުންނަށާއި، އަންލިމިޓެޑް ޕެކޭޖަކަށް އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށް 75 އިންޗީގެ ހައިސެންސް ޓީވީއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ގުރުއަތުން ހޮވޭ ނަސީބުވެރިޔާ އިޢުލާން ކުރާނީ ޕްރޮމޯޝަން މުއްދަތު ހަމަވުމުންނެވެ.

ހިލޭ ސުޕަނެޓް އަޕްގްރޭޑް

އުރީދޫއިން ބުނީ މި ކެމްޕޭނުގެ ދަށުން އަންނަ ޖުލައި މަހުގެ ނިޔަލަށް ސުޕަނެޓް އަންލިމިޓެޑް ޕެކޭޖަކަށް ހިލޭ އަޕްގްރޭޑް ކުރެވޭނެގޮތަށް ނިންމާފައިވާކަމަށެވެ.

މި އޮފާ ބޭނުންކުރާ ކަސްޓަމަރުންނަށް ފުރަތަމަ ތިން މަސްދުވަހު، މިހާރު ދައްކާ އަގުގައި، މާ ހަލުވި ބްރޯޑްބޭންޑް ސްޕީޑެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ޕްރޮމޯޝަނަލް މުއްދަތަށްފަހު ތިންވަނަ މަސް ނިމުމުގެ ކުރިން ޕެކޭޖް ޑައުންގްރޭޑް ނުކުރާނަމަ އަޕްގްރޭޑް ކުރި ޕެކޭޖުގެ އަސްލު އަގު ހިނގަން ފަށާނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.

އުރީދޫން ބުނީ މި އޮފާ ހާއްސަ ކުރެވިފައިވަނީ އަންލިމިޓެޑް ޕެކޭޖުތަކަށް އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށް ކަމަށާއި މި އޮފާ ސުޕަނެޓް ލަކީ ޑްރޯ ޕްރޮމޯޝަނާ އެއްކޮށް ބޭނުން ނުކުރެވޭނެ ކަމަށެވެ.

"ފުޓުބޯޅަ ފޯރި" ކެމްޕޭނާއި މީގެ ދަށުން ލިބޭ އޮފާތަކާ ބެހޭ އިތުރު މައުލޫމާތު އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ލިބިގެންދާނެ އެވެ.

މިފަހަރުގެ ވޯލްޑް ކަޕް ފަށާނީ މެކްސިކޯ އާއި ސައުތު އެފްރިކާ ބައްދަލުކުރާ މެޗުންނެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު އެވެ. އެއަށް ފަހު ދެން އޮންނާނީ ސައުތު ކޮރެއާ އާއި ޗެކު ރިޕަބްލިކް ބައްދަލުކުރާ މެޗެވެ. އެ މެޗު ފަށާނީ މާދަމާ ހެނދުނު 7 ޖަހާއިރު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;