ads
ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ ފެން ދައުރުވާގޮތް ރަނގަޅުކުރުމުގެ މަސައްކަތް ކުރަނީ
މަރާމާތަށްފަހު މާދަމާ ރަސްފަންނު ހުޅުވާލަނީ
މަރާމާތަށްފަހު މާދަމާ ރަސްފަންނު ހުޅުވާލަލާނެ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެފިއެވެ.
Advertisement

ރަސްފަންނު މަރާމާރުކުރަން އެ ސަރަހައްދު ބަންދުކުރީ މިދިޔަ އޭޕްރިލްމަހުގެ 10 ވަނަ ދުވަހުއެވެ. 

އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ބުނީ ސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ނިމިފައިވާތީ މާދަމާ ހެނދުނުން ފެށިގެން އާންމުނަށް ހުޅުވާލާނެކަމަށެވެ. 

މިހާރަށްވުރެ ފުރިހަމައަށް މާލޭ ރަސްފަންނު ސަރަހައްދު ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ 2025 އަހަރުގެ ފެބްރުއަރީމަހުގައެވެ. އެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީ އާއި އެމްޑަބްލިއުއެސްސީއަށެވެ. 

އެ  މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރީ  ރަސްފަންނު ގޮނޑުދޮށް ގިރުމުގެ ދާއިމީ މައްސަލައަށް ހައްލެއް ގެނައުމާއި، ބޭރު ތޮށީގެ ބައެއް ބަދަލުކުރުމާއި، އަދި މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރިއެވެ. 

އާންމުންނަށް ހިދުމަތްދޭ ވަސީލަތްތައް ގާއިމުކުރުމަށް ހަވާލުކުރީ އެމްޑަބްލިއުއެސްސީ އާ އެވެ.  އެ ކުންފުންޏާއި ހަވާލުކުރީ އެ ސަރަހައްދުގައި އާ ފާހާނާ ބަރިއެއް އެޅުމާއި، ފެން މާގަނޑެއް ބެހެއްޓުމުގެ އިތުރުން ލޮކަރު ފަދަ ހިދުމަތްތައް ގާއިމުކުރުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;