ads
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާ ވަގުތު އިތުރުކުރުން
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާ ވަގުތު އިތުރުކޮށްފި
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާ ވަގުތަށް 30 މިނެޓް އިތުރުކޮށްފި އެވެ.
Advertisement

އެ ޕާޓީން ކުރިން އިއުލާންކޮށްފައިވާ ގޮތުގައި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ މެންދުރު 14:30 އިން ރޭގަނޑު 8:00 އާ ހަމައަށެވެ. 

ނަމަވެސް ޗެއަރޕާސަން އިންތިޚާބުގެ ވޯޓުލާ ވަގުތު 20:30 އާއި ހަމައަށް އިތުރުކުރުމަށް ޕާޓީގެ އިންތިހާބާބެހޭ ކޮމިޓީއިން ވަނީ ނިންމާފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވަނީ ކުރީގެ ރައީސް އަދި މީގެ ކުރިން އެ މަގާމު ފުރުއްވި މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

ފާހަގަކުރެވޭ ގޮތުގައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ އެކު ނަޝީދު މަސައްކަތްކުރައްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުން ފެންނަނީ މީކާއީލްގެ ކެމްޕެއިނުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ.

ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;