އެމެރިކާގެ ޖިލެޓް ސްޓޭޑިއަމްގައި މިއަދު ހެނދުނު ކުޅުނު "ގްރޫޕު ސީ" ގެ މެޗުގައި ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެސްޓަން ވިލާގެ ތަރި ޖޯން މެކްގިން އެވެ.
މިއީ ވޭތުވެދިޔަ 36 އަހަރު ދުވަހުގެ ތެރޭގައި ވޯލްޑް ކަޕް މުބާރާތެއްގައި ސްކޮޓްލަންޑަށް ލިބުނު ފުރަތަމަ މޮޅެވެ. މި މޮޅާއެކު، ވަރުގަދަ ޓީމުތައް ހިމެނޭ ގްރޫޕް ސީގެ އެއްވަނަ މަގާމު ސްކޮޓްލޭންޑަށް މިވަނީ ލިބިފަ އެވެ.
ސްކޮޓްލަންޑުން އެއް ގޯލުން ކުރީގައި އޮތްއިރު، ހައިޓީން ވަނީ އެންމެ ފަހު ވަގުތާ ހަމައަށް މަސައްކަތްކޮށް ނަތީޖާ ހަމަހަމަކުރެވޭތޯ ބަލައިފަ އެވެ. އެކަމަކު، ލީޑު ހިފަހައްޓަން ސްކޮޓްލަންޑުން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް ވަނީ ކާމިޔާބުކޮށްފަ އެވެ.
ސްކޮޓްލަންޑް ދެން ބައްދަލުކުރާނީ އަންނަ ޖޫން މަހުގެ 20 ގައި، އެފްރިކާގެ ޗެމްޕިއަން މޮރޮކޯއާ އެވެ. އަދި ބްރެޒިލް ބައްދަލުކުރާނީ ހައިޓީ އާއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;