ޕީއެންއެފްއިން ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުންތަކުގައި ރޭ ވާހަކަ ދައްކަވުން ޔާމީން ވިދާޅުވީ އެ މަނިކުފާނު ތަފާތުވަނީ ކީއްވެތޯ ރައްޔިތުން ވަޒަން ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެމަނިކުފާނާ އެކު ކޮރަޕްޓު މީހުނެއް ނޫޅޭނެ ކަމަށާއި އެނގުނު ހިސާބުން އެ މީހަކު ސައްޕު ޖަހާ ބޭރުކޮށްލިކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ރައީސް ސާލިހާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަށައިގެން އުޅުއްވަނީ ކޮރަޕްޓު މީހުން ކަމަށެވެ. އަދި އެ ބޭފުޅުން ކަންކަން ކުރައްވަނީ، ކޮރަޕްޓު މީހުންގެ ކިބައިން ރައީސުންނަށް ވެސް މަންފާއެއް ބޭނުންފުޅުވާތީ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ވެރިންގެ އެންމެ ގާތުން އިސް ސަފުގައި ގެންގުޅުއްވާ މީހުންނަކީ ކޮރަޕްޓު، ނާގާބިލު ބައެއް ނަމަ، ރައްޔިތުން އެ ވެރިންނަށް އިތުބާރެއް ނުކުރާނެކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ ރަނގަޅު އެއްވެސް ކަމެއް އެފަފަ ވެރިން ކޮށްދެއްވާނެ ކަމަށް ރައްޔިތުން ގަބޫލުނުކުރާނެކަނެވެ.
ރައީސް ޔަމީން މިމޭރުމުން ވާހަކަ ދެއްކެވިއިރު ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން އެމްއެމްޕީއާރުސީ ކޮރަޕްޝަން ހިންގާފައިވަނީ އެމަނިކުފާނުގެ ސަރުކާރުގައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;