ads
މީދޫގައި ބެއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ޖުމްލަ 2645 މަޝްރޫއު އެބައޮތް، ދެން ފެންނާނީ ސްޕީޑް ބާރުވާތަން: ރައީސް
ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދަދު 2000 އިން މައްޗަށް އަރާކަމަށާއި ދެން ފެންނާނީ މަސައްކަތްތަކުގެ ސްޕީޑް ބާރުވާ މަންޒަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މުއިއްޒު މިހެން ވިދާޅުވީ ދ. މީދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ވެރިކަންކުރާ ޕީއެންސީއަށް ލިބުމުން އެކަން ފާހަގަކުރަން ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވަނީ މެދުއިރުމަތީގެ ހަނގުރާމަތަކާ ގުޅިގެން ތެލުގެ އަގުބޮޑުވުމާއި، ކޮންސްޓްރަކްޝަން ސާމާނު ގެނައުމުގައި ދިމާވި ދަތިތަކުގެ ސަބަބުންކަމަށެވެ. އެހެންނަމަވެސް މި ހަފްތާގައި ކެބިނެޓްގައި މަޝްވަރާކޮށް ހުރިހާ މަޝްރޫއުތަކެއް ކުރިއަށްގެންދާނެ ތަރުތީބު މިހާރު ފައިނަލްކޮށް ނިންމާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި މިސާރުކާރުން ކުރިޔަށް ގެންދާނެ މަޝްރީއުތަކުގެ އަދަދު 2000 އިން މައްޗަށް އަރާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

"މިހާރު ސޮއި ކުރެވިފައި ހުރި މަޝްރޫއުތަކާއި މި އަހަރު އަލަށް ސޮއި ކުރަން ހުރި މަޝްރޫއުތަކާއި އަދި އަންނަ އަހަރު އަޅުގަނޑުމެންގެ ވައުދުތައް ފުއްދުމަށް ދެން ސޮއި ކުރަން ހުރި މަޝްރޫއުތައް އެއްކޮށްލާއިރު ޖުމްލަ 2645 މަޝްރޫއު ހިމެނޭ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަޝްރޫއުތައް ހިންގަމުން ގެންދަނީ ދަރަނިތައް އަދާކުރަމުން ކޭޝްފްލޯ މެނޭޖްކުރެވޭނެ ފަދަ ތާވަލެއްގެ ދަށުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;