މާލޭ ސިޓީ ކައުންސިލުން ބުނީ ރަސްފަންނާއި ދިމާ ކަނޑުން ފަޅުތެރެއަށް ތެޔޮ ވަދެފައިވާތީ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު މިހާރުވަނީ ވަގުތީގޮތުން ބަންދުކޮށްފައިވާކަމަށެވެ. އެހެންކަމުން ސަރަހައްދު ސާފުކޮށް ނިމެންދެން މޫދަށް ނޭރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ރަސްފަންނަށް ކަޅު ތެޔޮ އެޅިފައިވާތީ އެ ސަރަހައްދުގައި މޭޔަރާއި ކައުންސިލަރުން ހަރަކާތްތެރިވަނީ
ރަސްފަންނު މަރާމާރުކުރަން އެ ސަރަހައްދު މިދިޔަ އޭޕްރިލްމަހުގެ 10 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައި އޮތުމަށްފަހު އަލުން އެ ސަރަހައްދު އާއްމުކޮށް ހުޅުވާލީ މިދިޔަ ހުކުރު ދުވަހު ހެނދުނުއެވެ.
މިހާރަށްވުރެ ފުރިހަމައަށް މާލޭ ރަސްފަންނު ސަރަހައްދު ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ 2025 އަހަރުގެ ފެބްރުއަރީމަހުގައެވެ. އެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީ އާއި އެމްޑަބްލިއުއެސްސީއަށެވެ.
ރަސްފަންނު މަރާމާތައް ފަހު އަލުން ހުޅުވާލާފައި
އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރީ ރަސްފަންނު ގޮނޑުދޮށް ގިރުމުގެ ދާއިމީ މައްސަލައަށް ހައްލެއް ގެނައުމާއި، ބޭރު ތޮށީގެ ބައެއް ބަދަލުކުރުމާއި، އަދި މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރިއެވެ.
އާންމުންނަށް ހިދުމަތްދޭ ވަސީލަތްތައް ގާއިމުކުރުމަށް ހަވާލުކުރީ އެމްޑަބްލިއުއެސްސީ އާ އެވެ. އެ ކުންފުންޏާއި ހަވާލުކުރީ އެ ސަރަހައްދުގައި އާ ފާހާނާ ބަރިއެއް އެޅުމާއި، ފެން މާގަނޑެއް ބެހެއްޓުމުގެ އިތުރުން ލޮކަރު ފަދަ ހިދުމަތްތައް ގާއިމުކުރުމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;