މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 90 ވަނަ މިނެޓުގައި ވިލްފްރައިޑް ސިންގޯ ކަނާތްފަރާތު އަރިމަތިން ދިން ބޯޅައަކުން އޭރިޔާ ބޭރުގައި ހުރެ ހަމަޖެހިލާފައި ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން އަމަދު ކާމިޔާބުކުރި ރީތި ގޯލެކެވެ.
މިއީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ފަހުން އެކުއަޑޯ ބަލިވި ފުރަތަމަ ފަހަރެވެ. އެ ޓީމުން ވަނީ މި މުއްދަތުގެ ތެރޭގައި ބަލިނުވެ 19 މެޗު ފުރިހަމަކޮށްފަ އެވެ.
ކައުންޓަ އެޓޭކުގައި އައިވަރީ ކޯސްޓުގައި ތިބި އަވަސް ކުޅުންތެރިންގެ ނުރައްކާ ވެސް އެކުއެޑޯ އަށް ކުރިމަތިވި އެވެ. ނަމަވެސް އެކުއެޑޯ އަށް މަދުވީ ގޯލެއް ޖަހާނެ ކުޅުން ތެރިއެކެވެ. އިކުއެޑޯއާ ދެކޮޅަށް ހޯދި މޮޅާ އެކު އައިވަރީ ކޯސްޓް މި ވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގެ އުންމީދު ބޮޑު ކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;