ads
ހާލަންޑް ވަނީ ފުރަތަމަ މެޗުގައި ވެސް ދެ ގޯލު ޖަހައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ
ފީފާ ވޯލްޑް ކަޕް: ހާލަންޑްގެ މޮޅު ކުޅުމާއެކު ނޯވޭގެ ފެށުން ވަރުގަދަ!
ނޯވޭ 4 - 1 އިރާގު
މެކްސިކޯ، އެމެރިކާ އަދި ކެނެޑާގައި ފެށިގެން ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ނޯވޭ އާއި އިރާގު ބައްދަލުކުރި މެޗު ނޯވޭ ކާމިޔާބުކުރީ 4-1 އިންނެވެ.
Advertisement

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ނޯވޭއަށް ކުރިހޯދައިދިނީ އާލިން ބްރައުޓް ހާލަންޑް އެވެ. މި ހަމަލާގައި ނޯވޭގެ ކުޅުންތެރިން 14 ޕާސް ބަދަލުކުރުމަށްފަހު، ޑޭވިޑް މޮލާ ވޮލްފް ނަގައިދިން ހުރަހަކުން މެޗުގެ 29 ވަނަ މިނިޓްގަ ހާލަންޑް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

އޭގެ 10 މިނިޓް ފަހުން އިރާނުން އައިމަން ހުސެއިންގެ ގޯލަކުން ނަތީޖާ އެއްވަރު ކުރި ނަމަވެސް ހާޅަންޑް ވަނީ 43 ވަނަ މިނިޓުގައި އިތުރު ގޯލެއް ޖަހައި ހާފު ނިމުމުގެ ކުރިން އަލުން ލީޑު ހޯދައިދީފަ އެވެ.

ނޯވޭގެ ތިންވަނަ ލަނޑު 76 ވަނަ މިނިޓުގައި ޖެހީ ޑިފެންޑަރު ލިއޯ އޮސްޓިގާޑް އެވެ. އޭގެ ފަހުން، ނޯވޭގެ އެޓޭކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި، އިރާގުގެ އައިމަން އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފަ އެވެ. 

ރޭގެ މެޗުގައި އެންމެންގެ ސަމާލުކަމަށް އަންނާނެ އެއް ކުޅުންތެރިޔަކީ ނޯވޭގެ އާލިން ހާލަންޑެވެ. ހާލަންޑާއި ކެޕްޓަން މާޓިން އޮޑެގާޑާއި އަލެކްސެންޑާ ސާލަޓް އަދި އެންޓޯނިއޯ ނޫސާ، ނޯވޭގެ ފުރަތަމަ 11 ގައި ހިމެނެ އެވެ. މި އަހަރުގެ މުބާރާތުގެ ކޮލިފައިންގައި ވެސް ހާލަންޑް ވަނީ އަށް މެޗުން 16 ގޯލު ޖަހައި، ކޮލިފައިންގެ ރެކޯޑެއް ހަދައިފަ އެވެ. 

ނޯވޭއަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގްރޫޕް ސްޓޭޖުގައި ދެން އޮތް ސެނެގާލް އަދި ފްރާންސް މެޗުތަކުން ރަނގަޅު ނަތީޖާއެއް ހޯދައި، އެ ގައުމުގެ ތާރީޚުގައި ދެވަނަ ފަހަރަށް ނޮކައުޓް ބުރަށް ކޮލިފައިވުމެވެ.

މީގެ ކުރިން ނޯވޭގެ ވޯލްޑް ކަޕް ތާރީޚުގައި އަބަދުވެސް ހުރަހަކަށްވަމުން އައީ އިޓަލީ އެވެ. އެގޮތުން 1938، 1994 އަދި 1998 ވަނަ އަހަރުގެ މުބާރާތްތަކުން ނޯވޭ ކެޓީ އިޓަލީ އަތުން ބަލިވުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;