އެ އޮޕަރޭޝަނަކީ ނިމުނު މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅު ކައިރިއަށް ސަފާރީއަކުން ޑައިވިނަށް ގޮސް އުޅެނިކޮށް ފަސް ފަތުރުވެރިން ގެއްލުމާގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ.
އެ އޮޕަރޭޝަނުގެ ތެރެއިން ފަތުރުވެރިން ހޯދުމަށް ފީނަން ގޮސް އުޅުނު ސިފައިންގެ މީހަކުވެސް މަރުވެފައިވާއިރު، އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދެ އެވެ. އެ ހާދިސާގައި މަރުވެފައިވަނީ އެމްއެންޑީއެފް ކޯސްޓް ގާޑުގެ ސްޓާފް ސާޖަންޓް، މުހައްމަދު މަހުދީ އެވެ.
ބަންޑާރަކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ފުލުހުންނާއި، ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި، ވ. އަތޮޅުގެ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގުވަޒަންކޮށް، ރައީސްގެ ފަރާތްޕުޅުން އެ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކުރެވުނެވެ.
އިޓަލީގެ ޑައިވަރުން މަރުވި ހިތާމަވެރި ހާދިސާ ހިނގީ ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު އަޑީގެ ހޮހަޅައިގަ އެވެ. މި ހާދިސާގައި މަރުވެފައިވަނީ ޖެނޯއާ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51އ) އާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް (23އ) އާއި، ރިސާޗަރ މުރިއެލް އޮޑެނީނޯ (31އ) އާއި، ފެޑެރީކޯ ގުއަލްޓިއޭރީ (30އ) ގެ އިތުރުން "ޑޫކް އޮފް ޔޯކް" ސަފާރީގެ އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެޓީ (44އ) އެވެ.
ވ. އަތޮޅު ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީއަށް ނިސްބަތްވާ ފަތުރުވެރިން ހޯދުމަށް ވަނީ ބޭރުގެ ކަމާބެހޭ މާހިރުންވެސް ގެނެސްފަ އެވެ. އެއަށްފަހު އެ އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައިސްފައިވާ ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނެވެ.
އެ ފަތުރުވެރިންގެ ހަށިގަނޑު ނެގުމަށް ހިތްވަރުގަދަ މަސައްކަތްތަކެއް ކުރި ފިންލޭންޑުގެ ތިން ޑައިވަރަކަށް އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ، އެ ގައުމުގެ އެންމެ މަތީ ޝަރަފު ކަމަށްވާ "އޯޑާ އޮފް މެރިޓް" އަރުވައިފައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;