ads
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގާނާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ފީފާ ވޯލްޑް ކަޕް: ފަހު ވަގުތު ގާނާ އަށް ހައްގު މޮޅެއް!
ވޯލްޑް ކަޕް 2026 ގައި ފަހުވަގުތު ޖެހި ގޯލުން ޕެނަމާ އަތުން ގާނާއިން 0-1ގެ ނަތީޖާއަކުން ހައްގު މޮޅެއް ހޯދައިފި އެވެ.
Advertisement

ގާނާ އާއި ޕެނަމާ ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ނަތީޖާ ނެރުނު ގޯލު ފެނިގެންދިޔައީ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގަ އެވެ. 

ކައުންޓާ އެޓޭކެއްގައި ކުރިއަށް ގޮސް، އަސަންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޕެނަމާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ގާނާއަށް ލީޑު ހޯދައިދިނީ ކަލެބް ޔިރެންކީއެވެ. 

your imageގާނާގެ ކީޕަރު ލޯރެންސް އާޓީ ބޯޅަ މަތާކުރަނީ. އަނިޔާގެ ސަބަބުން އޭނާ އަށް ކުޅެވުނީ ފުރަތަމަ ހާފު އެކަނި - ފޮޓޯ: ކޯލް ބާސްޓަން / އޭއެފްޕީ


ގާނާގެ އެއްވަނަ ކީޕަރު ލޯރެންސް އާޓީ ޒިގީއަށް އަނިޔާވެ މެޗުގެ ފުރަތަމަ ހާފަށް ފަހު ބަދަލުކުރަން ޖެހުނު އިރު، މިއީ ގާނާ އިން އެ ޓީމުގެ މުހިންމު ތަރި ތޯމަސް ޕާޓޭ ނުލައި ކުޅުނު މެޗެކެވެ. ޕާޓޭ އަށް މި މެޗު ގެއްލުނީ ކެނަޑާ ވިސާ ހަަމަނުޖެހުމުންނެވެ. 

މެޗަށް ފަހު ޕާޓޭ ވަނީ ގާނާ އަށް އެކި ގޮތްގޮތުން ދިމާވި ގޮންޖެހުންތަކަށް ފަހު ވެސް މެޗުން މޮޅުވެވުނީތީވެ އުފާކުރާ ކަމަށާއި މި މޮޅު ގާނާ އަށް "ހައްގު" ކަމަށް ބުނެފަ އެވެ. 

މި ގްރޫޕުގައި ދެން ހިމެނެނީ ވަރުގަދަ އިންގްލެންޑާއި ކްރޮއޭޝިއާއެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި އިންގްލެންޑުން ވަނީ 4-2 ގެ ނަތީޖާއަކުން ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;