"ޗިއާސް" ސިޓްކޮމްގެ ކޯ-ކްރިއޭޓަރެއްގެ ގޮތުގައި އެންމެ ބޮޑަށް މަޝްހޫރުވި ބަރޯސް ވަނީ، "ފްރެންޑްސް"، "ބިގް ބޭންގް ތިއަރީ" އަދި "ވިލް އެންޑް ގްރޭސް" ފަދަ މަގުބޫލު ކޮމެޑީ ސިލްސިލާތަކުގެ 1،000 އަށް ވުރެ ގިނަ އެޕިސޯޑު ޑައިރެކްޓްކޮށްފަ އެވެ.
ފަންސާސް އަހަރަށް ވުރެ ދިގު ފަންނީ ދާއިރާގައި ބަރޯސް ވަނީ 11 އެމީ އެވޯޑާއި، ޑައިރެކްޓާސް ގިލްޑް އޮފް އެމެރިކާގެ ފަސް އެވޯޑު ކާމިޔާބުކޮށްފަ އެވެ.
ލޮސް އެންޖެލިސްއަށް 1940 ވަނަ އަހަރު އުފަންވި ބަރޯސް، އޭނާގެ ޅައުމުރުގެ ދުވަސްތަކުގެ ބޮޑު ބައެއް ހޭދަކުރީ ނިއުޔޯކްގަ އެވެ.
ޒުވާން ދުވަސްވަރު އޭނާ ވަނީ ޔޭލް ސްކޫލް އޮފް ޑްރާމާގެ ގްރެޖުއޭޓް ޕްރޮގްރާމްގައި ކިޔަވައިފަ އެވެ. ޑައިރެކްޓްކުރުމުގެ ފުރަތަމަ ތަޖުރިބާ އޭނާ ހޯދީ އެ ދުވަސްވަރު އެވެ.
ކެމެރާގެ ފަހަތުގައި މަސައްކަތް ކުރިތާ އަހަރުތަކެއް ފަހުން، އޭނާ ވަނީ ގްލެން އަދި ލެސް ޗާލްސްއާ ގުޅިގެން "ޗިއާސް" ސިޓްކޮމް އުފައްދައިފަ އެވެ. މި ސިލްސިލާ އަކީ 1980 ގެ އަހަރުތަކުގައި އެމެރިކާ އާއި އިނގިރޭސިވިލާތުގައި ބޮޑު މަގުބޫލުކަމެއް ހޯދި ޝޯއެކެވެ.
ޓީވީ ޑައިރެކްޝަންގެ ދާއިރާއިން 2015 ވަނަ އަހަރު ބަރޯސްއަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދިން ޑައިރެކްޓާސް ގިލްޑް އޮފް އެމެރިކާ އިން އޭނާ ސިފަކުރީ، އޭނާގެ "ހިކުމަތްތެރިކަމާއި މަޖާ މިޒާޖު" އެހެން މެންބަރުންނާއި މަސައްކަތުގެ ބައިވެރިންނާ ހިއްސާކުރި، އާދަޔާ ހިލާފު ދީލަތި އެކުވެރިއެއްގެ ގޮތުގަ އެވެ.
ހޮލީވުޑްގައި ހޭދަކުރި ދިގު މުއްދަތުގެ ތެރޭގައި އޭނާ ވަނީ ޕްރައިމްޓައިމް އެމީ އެވޯޑަށް 48 ފަހަރު ނޮމިނޭޓްވެފަ އެވެ.
ބަރޯސް ވަނީ "ފްރެންޑްސް" ގައި ލީސާ ކުޑްރޯ ޑައިރެކްޓްކުރުމުގެ އިތުރުން، އެޗްބީއޯގެ ކޮމެޑީ "ދަ ކަމްބެކް" ގައި ކުޑްރޯއާ އެކު އޭނާގެ އަމިއްލަ ޝަހުސިއްޔަތުގެ ރޯލެއް ވެސް ކުޅެފަ އެވެ.
އޭނާ މަރުވުމާ ގުޅިގެން ކުޑްރޯގެ އިތުރުން އެހެން ފަންނާނުން ވެސް ވަނީ ހިތާމަފާޅުކޮށް ތައުޒިޔާގެ މެސެޖުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ،
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;