ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ފަރުމަސް މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލިއިރު މިމުބާރާތުން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ދިޔަ ޓީމުތަކަށާއި އެންމެ ބަރު މަސް ބޭނި ފަރާތަށްވަނީ ފައިސާގެ އިނާމް ދެއްވާފައެވެ.
1 ވަނަ: ބ.ތުޅާދޫ، ދޮންއިސްމާއީލް ޓީމު - 30000 ރުފިޔާ
2 ވަނަ: ޏ.ފުވައްމުލަކު، މެޖިކްލީން - 25000 ރުފިޔާ
3 ވަނަ: ތ.ހިރިލަންދޫ، ކަޅަކައުންޑު- 20000 ރުފިޔާ
މިމުބާރާތުގައި "އެންމެ ބަރު މަސް" ބާނައިފައިވަނީ ބ.ތުޅާދޫ، ދޮންއިސްމާއީލް ޓީމުގެ މުހައްމަދު ހާބީބް ރިޔާޒް އެވެ. 50.65 ކިލޯގެ މަހެއް ބާނައިގެން އޭނާއަށް އިނާމުގެ ގޮތުގައި 5000 ރުފިޔާވަނީ ލިބިފަ އެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން "އެންމެން މޫދަށް" މި ނަމުގައި ހާއްސަ ހަރަކާތެއް ވެސް ވަނީ މިއަދު ކުރިއަށްގެންގޮސްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;