މިދިޔަ 2024 ވަނަ އަހަރުގެ ފައިސާ މިދިޔަ ޑިސެމްބަރު މުވައްޒަފުންނަށް ދިން އިރު 200 އެއްހާ މުވައްޒަފުންނަށް ފައިސާ ދެވިފައިވަނީ އިތުރަށްކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން ބޯނަސްގެ ގޮތުގައި 9،000 ލިބުނު ބައެއް މުވައްޒަފުންނަށް 18،600 ރުފިޔާ ވަނީ ދެވިފައެވެ. އަދި މޮގޮތަށް އިތުރަށް ދެވުނު ފައިސާގެ އަދަދު މިލިއަނުން މައްޗަށް އަރާކަމަށެވއެވެ.
ބޯނަސް ފައިސާ އިތުރަށް ދެވުނީ މެނުއަލްކޮށް މަސައްކަތް ކުރުމުން މައްސަލައެއް އުޅޭތީ އެކަން ފާހަގަވެގެން ބަލަނިކޮށް ކަން ވަނީ އެނގިފައެވެ. އެހެންކަމުން އިތުރަށް ފައިސާ ދެވުނު މުވައްޒަފުންގެ އަތުން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެކަން ކުރަނީ މުވައްޒަފުންނަށް ފަސޭހަވާނެ ގޮތެއް ބެލުމަށްފަހު ކަން ވަނީ އެނގިފައެވެ. އެގޮތުން އެ ފައިސާ އަނބުރާ ދައްކަން ހަ މަސް ދުވަސް ނުވަތަ އަހަރު ދުވަހުގެ މުއްދަތެއް ނުވަތަ ދެން އަންނަ ބޯނަސްއަކުން އުނިކުރާ ކަހަލަ ގޮތަކަށް ހަދަން ވިސްނުން ގެންގުޅޭކަން ވަނީ އެނގިފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;