ދަރަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފެށުމުން އެ އަތޮޅުގެ ދެ ރަށަކުން މިހާރު މި ހިދުމަތް ލިބޭނެއެވެ. އެއީ ދަރަވަންދޫގެ އިތުރުން އަތޮޅުގެ ވެރިކަންކުރާ ރަށް އޭދަފުއްޓެވެ.
ބ.އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށައެޅޭނެކަމަށް އިމިގްރޭޝަނުން ބުނެެއެވެ. އަދި ޕާސްޕޯޓް ނަގަން ބޭނުންވާ ތަނެއްގެ ގޮތުގައި އޭދަފުށި އަދި ދަރަވަންދޫ ހިޔާރުކުރެެވޭނެކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
މުޅި ރާއްޖެ އަށް ޕާސްޕޯޓާއި އައިޑީ ކާޑުގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއު އިފުތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު 16 ގަ އެވެ. މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް މި ހިދުމަތް އަންނަނީ ދެމުންނެވެ.
ރާއްޖޭގެ އަތޮޅުތަކުގެ އިތުރުން ދިވެހީން އާންމުކޮށް ގޮސް އުޅޭ ގައުމުތަކުގައިވެސް އައިޑީ ކާޑުގެ ހިދުމަތް ދިިނުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިގޮތުން ރާއްޖެއިން ބޭރުން އައިޑީ ކާޑާއި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ލަންކާ އާއި މެލޭޝިޔާއިން މިހާރު އަންނަނީ ލިބެމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;