ފުލުހުން ބުނީ މާލެ ސަރަޙައްދުގައި އަމާންކަން ދެމެހެއްޓުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުން މިމަހުގެ 7 އިން 13 އަށް މާލެ ސަރަހައްދުން 15،798 ތަނެއް ފުލުހުން ބަލާ ފާސްކޮށްފައިވާކަމަށެވެ.
އެގޮތުން ވެރިރަށް މާލެއިން 6،519 ތަނެއް ޗެކްކޮށް، 172 ހާދިސާއަށް އެޓެންޑުވެ، 22 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. ހުޅުމާލޭއިން 6،486 ތަނެއް ޗެކްކޮށް، 128 ހާދިސާއަށް އެޓެންޑުވެ، 18 މީހަކު ވަނީ ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެއިތުރުން، ތިލަފުށިން 2،249 ތަނެއް ޗެކްކޮށް، 9 ހާދިސާއަށް އެޓެންޑުވެފައިވާކަމަށް ފުލުހުން ބުނެއެވެ.
ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުން 544 ތަނެއް ޗެކްކޮށްފައިވާއިރު، 16 ހާދިސާއަކަށް އެޓެންޑުވެ، 19 މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;