ads
ޖިއަންކާލޯ އެސްޕޮސިޓޯ އަދި ފިލްމުގެ ޓީމުން ނަމާދު ކުރަނީ
އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ އިސްލާމް ވެއްޖެ
މަޝްހޫރު ޓީވީ ސީރީޒް "ބްރޭކިން ބޭޑް"ގައި ގަސް ފްރިންގެ ރޯލު ކުޅެގެން ގިނަ ބައެއްގެ ލޯބި ހޯދި އެމެރިކާގެ އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ އިސްލާމް ވެއްޖެ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.
Advertisement

އެ ހަބަރު ކަށަވަރު ކޮށްދީ ސައުދީ ގެޒެޓުގައި މިއަދު ބުނީ އެސްޕޮސިޓޯ ސައުދީގައި ހުރި ދުވަސްވަރު އިސްލާމްދީން ގަބޫލުކުރި ކަމަށް އެ ގައުމުގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީގެ ޗެއާމަން ތުރުކީ އަލް-ޝެއިހު ވިދާޅުވެފައިވާ ކަމަށެވެ.

އަލް-ޝެއިހު ވިދާޅުވި ގޮތުގައި، އެސްޕޮސިޓޯ ވަނީ ޝަހާދަތުގެ ދެކަލިމަ ކިޔައި، ސައުދީގައި ފިލްމެއްގެ މަސައްކަތް ކުރަމުންދިޔަ ޕްރޮޑަކްޝަން ޓީމުގެ މެންބަރުންނާ އެކު މިސްކިތެއްގައި ނަމާދުގައި ވެސް ބައިވެރިވެފަ އެވެ.

ފިލްމާއި ޓީވީގެ ދާއިރާގައި އެތައް އަހަރެއްގެ ކާމިޔާބު ކެރިއަރެއް ބިނާކޮށްފައިވާ އެސްޕޮސިޓޯއަކީ "ބްރޭކިން ބޭޑް"ގެ އިތުރުން "ބެޓާ ކޯލް ސޯލް" އާއި ސްޓާ ވޯސްގެ "ދަ މެންޑަލޯރިއަން" ކަހަލަ މަޝްހޫރު ހޮލީވުޑް އުފެއްދުންތަކުން ފެނިފައިވާ މޮޅު އެކްޓަރެކެވެ.

އޭނާ ކުޅުނު ގަސް ފްރިންގެ ރޯލު މުޅި ދުނިޔެއަށް މަޝްހޫރުވިއިރު، އެ ރޯލުން އޭނާ ވަރަށް ގިނަ އެވޯޑްތަކަށް ނޮމިނޭޓު ވެސް ވި އެވެ. 

އަލް-ޝެއިޚް ހާމަކުރެއްވި ގޮތުގައި، އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކުރަން ނިންމީ ސައުދީގައި ހޭދަކުރި ދުވަސްތަކުގައި ލިބުނު ހިތްހަމަޖެހުމާއި އެ ގައުމުގައި މަސައްކަތް ކުރިއިރު މުސްލިމުންނާ އެކު ކުރި ރަނގަޅު ތަޖުރިބާތަކުގެ ސަބަބުންނެވެ. އެ ގައުމުގެ މީހުން އޭނާ އަށް އަދާކުރި މެހެމާންދާރީ އާއި ބެހެއްޓި ގާތްކަމަށްޓަކާ އެސްޕޮސިޓޯ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި، މިސްކިތެއްގެ ތެރޭގައި ޕްރޮޑަކްޝަން ޓީމުގެ މެންބަރުންނާ އެކު އެސްޕޮސިޓޯ ނަމާދުކުރަން ހުރި ތަން ފެނެ އެވެ.

އެސްޕޮސިޓޯ ސައުދީގައި މަސައްކަތް ކުރަމުން އަންނަނީ "ސެވަން ޑޯގްސް" ކިޔާ ބޮޑު ފިލްމު ޕްރޮޑަކްޝަނެއްގައި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;