ads
ވޯލްޑް ކަޕުގަައި ބެލްޖިއަމް އާއި އީރާން ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ރޮއިޓަރސް
ފީފާ ވޯލްޑް ކަޕް: އީރާނުން ބެލްޖިއަމް ހިފަހައްޓައިފި
ފީފާ ވޯލްޑް ކަޕް 2026 ގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް، ގްރޫޕް ޖީގެ އެއްވަނައަށް އީރާން ޖެހިލައިފި އެވެ.
Advertisement

އެމެރިކާގެ ލޮސް އެންޖެލިސް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމްގެ ކެޕްޓަން، ޔޫރީ ޓީލަމަންސް ފޮނުވާލި ހަމަލާއެއް އިރާންގެ ކީޕަރު، އަލީ ރެޒާ ބީރަންވަންދް މަތަކުރިއިރު، އިރާންގެ ކެޕްޓަން، މަހުދީ ތަރޭމީ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ބަލައި، އޮފްސައިޑް ކަމަށް ވަނީ ނިންމައިފައި އެވެ.

ދެވަނަ ހާފުގައި ބެލްޖިއަމްގެ ފުލްބެކް، މެކްސިމް ޑި ކުއިޕާ ފޮނުވާލި ބާރު ހަމަލައެއް އިރާނުގެ ކީޕަރު އަލީ ރެޒާ ވަނީ މަތަކޮށްފަ އެވެ. އަދި، ބެލްޖިއަމްގެ ޑިފެންޑަރުން ކައިރިން ރަނގަޅު ތަނަށް ނުކުމެ ހުރެ ތަރޭމީ ޖެހި ޝޮޓެއް ކީޕަރު، ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

your imageވޯލްޑް ކަޕުގަައި އީރާނާ ދެކޮޅަށް ކުޅުނު މެޗުގައި ބެލްޖިއަމްގެ އެންގޯއީއަށް ރަތް ކާޑެއް ދައްކަނީ - ފޮޓޯ: ރޮއިޓަރސް

މި މެޗުގައި ބެލްޖިއަމަށް މައްސަލަ ދިމާވީ، ފަހު 20 މިނެޓްތެރޭ އެޓީމުގެ ނެތަން އެންގޯއި އަށް ރަތްކާޑު ދެއްކުމުންނެވެ. އޭނާއަށް ރަތްކާޑު ދެއްކީ ފަހަތަށް ޖައްސާލި ބޯޅަ އަށް ހުސްކޮށް، ތަރޭމީ ދުއްވައިގަތް ވަގުތުގައި އޭނާ ގައިގައި ހިފެހެއްޓުމުންނެވެ.

ފުރަތަމަ މެޗުގައި ނިއުޒިލޭންޑާ 2-2 އިން އެއްވަރުވި އިރާން މިހާރު އޮތީ ދެ މެޗުން ލިބުނު 2 ޕޮއިންޓާއެކު، ޖެހި ލަނޑުގެ ތަފާތުން ބެލްޖިއަމްގެ މައްޗަށް ކުރި ހޯދައި ގްރޫޕުގެ އެއްވަނައިގަ އެވެ.

ބެލްޖިއަމްވެސް ކުޅުނު ދެ މެޗުން އެއްވަރުވެފައިވާއިރު، މި ގްރޫޕްގައި ހިމެނޭ ނިއުޒިލޭންޑާއި މިސްރުގެ މެޗު ކުރިއަށް އޮތުމުން ގްރޫޕް ޖީގެ ވާދަވެރިކަން މިހާރު ވަނީ ބޮޑު ބޮޑުވެފަ އެވެ.

މިހާރު އޮތް ގޮތުން ފަހު މެޗުގައި އިރާނާއި ބެލްޖިއަމްއަށްވެސް މޮޅުވެގެން މުބާރާތުގެ ގަދަ 32 ގެ ބުރުން ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު އެބައޮތެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;