ads
އުތީމު ގަނޑުވަރު---
އުތީމު ގަނޑުވަރު ސަރަހައްދު ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަނީ
ހއ. އުތީމުގައި ހުންނަ ތާރީޚީ އުތީމު ގަނޑުވަރު ސަރަހައްދު ލޭންޑްސްކޭޕްކޮށް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނު ކޮށްފި އެވެ.
Advertisement

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑުގައި ބައިވެރިވާން ބޭނުންނަމަ އަންނަ ހޯމަ ދުވަހުގެ 1:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް ކައުންސިލުން އެދިފައިވެ އެވެ. އަދި އެ މުއްދަތުގައި ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަނާޅާނަމަ ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށް ކައުންސިލްގެ އިއުލާނުގައިވެ އެވެ.

ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށްވެސް ކައުންސިލުން މައުލޫމާތުދެ އެވެ.

އުތީމު ގަނޑުވަރަކީ ޕޯޗްގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި އައްސުލްތާން މުޙައްމަދު ތަކުރުފާނުލް އައުޒަމް (ބޮޑުތަކުރުފާނު) ދިރިއުޅުއްވި ގެކޮޅެވެ. އެއީ 16 ވަނަ ގަރުނުގައި ބިނާކޮށްފައިވާ ތަނެކެވެ. މި ގަނޑުވަރަކީ ދިވެހިންގެ ތާރީހާއި ސަގާފަތާ ގުޅިފައިވާ އެންމެ މުހިންމު އެއް ބިނާއެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;