ads
މޯލްޑިވްސް އިސްލާމިކް ބޭންކް އިން ހުޅުމާލޭގައި ހިންގާ ބްރާންޗެއް - ފޮޓޯ: އެމްއައިބީ
އެމްއައިބީގައި ޕްރޮމޯޝަނަލް ޖީއައިއޭ ހުޅުވައިގެން ބޮޑު ފައިދާއެއް
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޕްރޮމޯޝަނަލް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް (ޖީއައިއޭ) ހުޅުވައިގެން ބޮޑު ރޭޓުގައި ފައިދާ ހޯދުމުގެ ފުރުސަތު، ޖުލައި މަހުގެ 30 ގެ ނިޔަލަށް ހުޅުވާލައިފި އެވެ.
Advertisement

މި މުއްދަތުގައި ޕްރޮމޯޝަނަލް ޖީއައިއޭ އެކައުންޓް ހުޅުވައިގެން ކުރާ ޔޫއެސް ޑޮލަރު  ޑިޕޮސިޓްތަކަށް ހަތަރު ޕަސެންޓުގެ އަންދާސީ ފައިދާގެ ރޭޓެއް ކަނޑައަޅާފައިވާއިރު، ރުފިޔާ ޑިޕޮސިޓްތަކަށް 3.5 ޕަސެންޓުގެ އަންދާސީ ފައިދާގެ ރޭޓެއް އެމްއައިބީން ލިބޭނެ އެވެ.

މި ހާއްސަ "އިންޑިކޭޓިވް ޕްރޮފިޓް ރޭޓު" ތަކުގެ ބޭނުން ހިފުމަށްޓަކައި ކަސްޓަމަރުން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެކައުންޓް ހުޅުވައި، ފައިސާ ޖަމާކޮށް ނިންމަން ޖެހޭނެ އެވެ. 

ޕްރޮމޯޝަނަލް ޖީއައިއޭ އެކައުންޓް ހުޅުވުމުގެ ފުރުސަތު އެމްއައިބީން ވަނީ ކަސްޓަމަރުންނަށް ވަރަށް ލުއިފަސޭހަކޮށްދީފައެވެ. އެގޮތުން ބޭންކުން ލިބެން ހުރި ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާއެކު ފޯމު ހުށަހެޅޭނެއެވެ.

މީގެ އިތުރުން، އެންމެ ކައިރީގައި ހުރި އެމްއައިބީގެ ބްރާންޗަކަށް ޒިޔާރަތްކޮށްގެން ވެސް މި ހާއްސަ ޕްރޮމޯޝަނަލް ޖީއައިއޭ އެކައުންޓް ހުޅުވުމުގެ އިންތިޒާމު ވަނީ އެ ބޭންކުން ހަމަޖައްސާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;