ads
ތަމަންނާ ބާތިއާ
ކުޑަކުދިން އަހަރެންގެ ލަވަޔަށް ނަށާތީ މައިންބަފައިން ކަންބޮޑެއް ނުވޭ: ތަމަންނާ
ބޮލީވުޑްގެ އައިޓަމް ލަވަތަކަށް ނުވަތަ ޕާޓީ ލަވަތަކަށް ކުޑަކުދިން ނަށާތީ މައިންބަފައިން ކަންބޮޑުނުވާ ކަމަށާއި، އެ މީހުންގެ އެންމެ ބޮޑު އިސްކަމަކީ ކުދިން ބަރާބަރަށް ކެއުން ކަމަށް ބުނެ ބަތަލާ ތަމަންނާ ބާޓިއާ ފާޑުކިޔުންތަކަށް ތަފާތު ރައްދެއް ދީފިއެވެ.
Advertisement

ފިލްމު "އިސްތިރީ 2" ގައި އޭނާ ކުޅެފައިވާ "އާޖް ކީ ރާތު" ލަވައަށް ޑައިޕަރު ލައްވާފައި ތިބޭ ކުޑަކުދިން ނަށާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވައިރަލްވުމާ ގުޅިގެން އުފެދުނު ބަހުސްތަކަށް އޭނާ ވަނީ ފުރިހަމަ ޖަވާބެއް ދީފައެވެ.

ތަމަންނާ ބުނި ގޮތުގައި، ގިނަ އަދަދެއްގެ މައިންބަފައިން އޭނާއަށް ގުޅާފައި އެ ކުދިން ކަނީ "އާޖް ކީ ރާތު" ލަވަ ޖެހުމުން ކަމަށް ބުނެފައިވާ ކަމަށެވެ. މައިންބަފައިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުދިން ބަނޑަށް ހުންނާތީ ކަމަށާއި، އެއް އަހަރުގެ ކުޑަކުދިންނަށް ލަވައިގެ މާނައެއް ނޭނގޭނެ ކަމަށް އޭނާ ބުންޏެވެ. އެ ކުދިންނަށް ހަމައެކަނި އިވޭނީ ލަވައިގެ މިއުޒިކް ކަމަށާއި، ފިލްމުތައް މީހުންގެ ހަނދާނުން ފޭދިގެން ދިޔަ ނަމަވެސް، މޮޅު ލަވަތައް އަބަދުވެސް މީހުންގެ ހިތްތަކުގައި ރައްކާކުރެވިފައި ހުންނާނެ ކަމަށް ތަމަންނާ ފާހަގަކުރިއެވެ.

ފަހަކަށް އައިސް ބޮލީވުޑްގެ ބައެއް ބަތަލާއިން ކުޅޭ އައިޓަމް ލަވަތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، ބައެއް ކުންފުނިތަކުން މާފަށް އެދެން ޖެހިފައިވީ ނަމަވެސް، ތަމަންނާ ހުރީ މިފަދަ ފާޑުކިޔުންތަކުން ނުގުޑައެވެ. ދެކުނު އިންޑިއާގެ ސިނަމާއާއި ބޮލީވުޑްގައިވެސް މިފަދަ ލަވަތަކަށް އެންމެ މަގުބޫލު ތަރިއަކީ ތަމަންނާއެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ރާގިނީ 3" އާއި، އަޖޭ ދޭވްގަންއާ އެކު ކުޅޭ ހާއްސަ ފިލްމެއް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;