އޭނާ މިކަން ހާމަކުރީ ދާދިފަހުން ދިން އިންޓަވިއުއެއްގަ އެވެ. މިއީ ވިކީއާއި ކެޓްރީނާއަށް ދަރިއަކު ލިބުނު ފަހުން އެކުއްޖާގެ ސިފައާ ބެހޭގޮތުން އާއިލާގެ މެންބަރަކު މިފަދަ ތަފްސީލެއް ހިއްސާކުރި ފުރަތަމަ ފަހަރެވެ.
ޝާމް ހާން ބުނިގޮތުގައި ކާފަދަރިފުޅު ލިބުމުން އޭނާގެ ދިރިއުޅުމަށް ވަނީ ވަރަށް ބޮޑު އުފާވެރިކަމެއް އައިސްފައެވެ. އަދި އޭނާގެ އުމުރުން ދުވަސްވީ ނަމަވެސް، ކާފަދަރިފުޅާއެކު ވަގުތު ހޭދަކުރުމުން މުޅިން އާ ހަކަތައެއް ލިބޭ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން ޝާމް ބުނީ މަސައްކަތުގައި ކިތަންމެ ބިޒީކޮށް އުޅެން ޖެހުނު ނަމަވެސް، ކާފަދަރިފުޅު ދެކެލުމަށްޓަކައި ކޮންމެ ދުވަހަކުވެސް ވީޑިއޯ ކޯލް ކުރާ ކަމަށެވެ. ވިކީއާއި ކެޓްރީނާގެ ދަރިފުޅުގެ ހަބަރު މީޑިއާތަކަށް ތިލަވުމާއެކު، ބޮލީވުޑްގެ ސަޕޯޓަރުން އަންނަނީ އެކުއްޖާގެ ފޮޓޮއެއް ފެންނާނެ އިރަކަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;