ސީޓަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަށައިގެން މިސްރުން ވަރުގަދަ ހަމަލާތަކެއް އުފައްދަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 5 ވަނަ މިނެޓުގައި ގޯލު ޖަހާ ލީޑު ވަނީ ނަގާފަ އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގައި ކުޅުން ނިކުތް މަހުމޫދްސަބާ އެވެ.
އީރާނަށް ކޮންމެހެން މޮޅުވުން މަޖުބޫރު މި މެޗުގައި ގޯލު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ގިނަ ހަމަލާތަށް ވަނީ ނާކާމިޔާބުވެފަ އެވެ. އޭގެން ވެސް އެންމެ ފާހަގަ ކުރެވެނީ އީރާންއަށް ލިބުނު ޕެނަލްޓީ އެވެ. 11 ވަނަ މިނެޓުގައި ލިބުނު ޕެންޓީ ފޮނުވާލީ އީރާން ޓީމުގެ ކެޕްޓަން މަހްދީ ޓަރެމިއެވެ. އެހެން ނަމަވެސް މިސްރުގެ ކީޕަރު ވަނީ މި ޕެނަލްޓީ ހިފަހައްޓާފަ އެވެ. އީރާނުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 14 ވަނަ މިނެޓުގައި ރަމިން ރެޒައެއިންނެވެ.
މެޗަށް ފަހު އިރާންގެ ކުޅުންތެރިން. - ފޮޓޯ: ރޮއިޓާސް
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެއީ މެޗުގެ 14 ވަނަ މިނެޓުގައި އީރާނުން ގޯލެއް ޖަހާ ނަތީޖާ ހަމަހަމަކުރުމުން ނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މިލާދް މުހައްމަދީ ފޮނުވާލި ހަމަލާ، މިސްރުގެ ކީޕަރު ޝުބީރް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އީރާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރަމީން ރެޒޭޔާން އެވެ.
މެޗުގެ އިތުރު ވަގުުތުގައި އިރާންގެ ޝޯޖޭ ހަލީޒާދޭ ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
އީރާނަށް ތިން ޕޮއިންޓު ލިބިފައިވީ ނަމަވެސް، އެންމެ ރަނގަޅު ނަތީޖާތައް ހޯދާ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮންނާނެ އެވެ. ނަމަވެސް ގްރޫޕު ސްޓޭޖުގެ މެޗުތައް ނިމެންދެން އިންތިޒާރުކުރަން ޖެހޭނެ އެވެ. އީރާނަކީ މިހާތަނަށް ދެ ބުރުގެ ޖާގައެއް ލިބިފައިނުވާ ޓީމެކެވެ. މިސްރު ވަނީ ތާވަލުގެ 2 ވަނައިގައި ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;