މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ ފޭސް އެކެއްގައި ހުންނަ އެމީހުން ތަވާ ކެފޭ ކައިރީގައި ހުރި އޭއެޗް ބްރަދާސް އިމާރާތުގެ އެޕާޓްމެންޓަކުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ އުމުރުން 26 އަހަރުގެ އަންހެނަކާއި 29 އަހަރުގެ އަންހެނެއްގެ އިތުރުން 34 އަހަރުރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ.
މީސްމީޑިއާގައި ފޮޓޯތަކަކާއި ވީޑިއޯތަކެއް ދައުރުކޮށް ކުރި ޕޯސްޓެއްގައިވަނީ، ހުޅުމާލޭ ތަވާ ކެފޭ ކައިރީ ހުރި އިމާރާތެއްގައި ބަޔަކު މަސްތުވެގެން އަޑުގަދަކޮށް މާރާމާރީ ހިންގުމުން، ފުލުހުން އެ ތަނަށް ވަދެ ހަތަރު މީހަކު ހައްޔަރުކުރި ކަމަށެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކުތީ ބަޔަކު މާރާމާރީ ހިންގާކަމުގެ ރިޕޯޓެއް ލިިބިގެން ގޮސް މިއަދު ހެނދުނު 6:00 އެހާކަށްހާ އިރު ފުލުހުން އެ އިމާރާތަށް ވަދެ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;