އެމްއެންޑީއެފް އިން ބުނީ މާލެ، ވެސްޓް ޕާކް ސަރަޙައްދާ ދިމާލުން ކޮންޓެއިނަރު ތަކެއް ބަރުކޮށްގެން ދަތުރުކުރި ބާޖަކުން، ހަތަރު ކޮންޓެއިނަރ މޫދަށް ވެއްޓިފައިވާކަމަށެވެ. އެހެންކަމުން އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ބުނީ ކޮންޓެއިނަރުތައް ވެއްޓިފައިވަނީ މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުންކމަށެވެ.
" ވީމާ، މި ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވޭ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން، މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް އިލްތިމާސްކުރަމެވެ." ފުލުހުން ބުނެއެވެ.
އަދި، ހާއްސަކޮށް މި ސަރަޙައްދުން ރޭގަނޑު ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފުން އެދެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;