ads
ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް (މުންދު)
ރައީސް މުއިއްޒަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން: ތަރުޖަމާނު
ރައީސް މުހައްމަދު މުއިއްޒަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން ކަމަށާއި އެކަމަށް ހެކިވެވަޑައިގަންނަވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މުންދު މިހެން ވިދާޅުވީ ނޫމަޑި އަށް ބަދަލުދޭން ޖެހުނު މައްސަލައާ ގުޅުވައި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވާ ވާހަކަ ދައްކަވަމުންނެވެ. 

ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ހުސެން ވަހީދު ވަނީ، އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒުގެ މައްޗަށް ނޫމަޑި މައްސަލާގައި ކުރި ދައުވާއިން ސަލާމަތްވެވަޑައިގަތީ، ފަނޑިޔާރުންނަށް ރިޝްވަތު ދެއްވައިގެން ކަމަށް ތުހުމަތު ކުރައްވާފައެވެ. ހުސެއިން ވަހީދު ވިދާޅުވީ އެ މައްސަލައިން މުއިއްޒު ސަލާމަތްވެ ވަޑައިގެންނެވީ، ރިޝްވަތުގެ ގޮތުގައި ފަނޑިޔާރަށް އަށް ލައްްކަ ރުފިޔާ ދީގެން ކަމަށް ވަކީލަކު ބުނެފައިވާ ކަަމަށެވެ. އަދި އެކަމަށް ﷲ ގަންދީ ހުވާކުރައްވަން ކެރިވަޑައިގެންފާނެ ކަމަށް ހުސެއިން ވަހީދު ވިދާޅުވި އެވެ. 

ހުސެިން ވަހީދުގެ އެވާހަކަތަކަށް ރައްދުދެއްވަމުން ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް (މުންދު) ވިދާޅުވީ ރައީސް މުއިއްޒުއަކީ ވައްކަން ކުރައްވާނެ ބޭފުޅެއް ނޫންކަމަށެވެ. އަދި އެކަމުހައި ހުވާކޮށްލަން އައުމަށް ހުސެއިން ވަހީދަށް އިޝާރާތްކޮށް މުނދު ވެނީ އެދިފައެވެ. 

"ހުސައިން ވަހީދު ހިންގަވާ ހުވާ ކޮށްލަމާ. އަޅުގަނޑު ހުންނާނަމޭ ހުސައިން ވަހީދު ކައިރީގައި. އަޅުގަނޑު އޭރު ވެސް އިނީމޭ،" ތަރުޖަމާނު ވިދާޅުވިއެވެ.

މުއިއްޒު ވައްކަން ނުކުރައްވާނެކަމަށް ވިދާޅެވެ ހުސެއިން ވަހީދަށް ރައްދު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ ހުސެން ވަހީދު ގޮތެއް ނޭނގެކަމަށެވެ. 

"އަޅުގަނޑު ދަންނަވާނީ ތި ހުވައެއް ކުރަން ހިނގާށޭ. މުއައްސަސާތަކުން އެކަން ކުރިއަށް ގެންދާނޭ. މުހައްމަދު މުއިއްޒަކީ ވައްކަންކުރާނެ ބޭފުޅެއް ނޫން. ހުސެން ވަހީދުގެ ގޮތެއް ނޭނގެ،" މޮންދޫދް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރަށްރަށުގައި ހައުސިން ޔުނިޓް އަޅަން ނޫމަޑި ކުންފުންޏާ ހަވާލުކުރި މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދާ ކަމަށް ބުނެ، ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު އެ އެއްބަސްވުން ބާތިލުކުރި އެވެ. އެ އެއްބަސްވުން ބާތިލުކުރި މައްސަލަ ނޫމަޑިން ނެދަލެންޑްސްގެ އާބިޓްރޭޝަނަށް ހުށަހެޅުމުން ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ސަރުކާރުން އެ ކުންފުންޏަށް ދޭން ޖެހުނެވެ.

ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅި އެ މައްސަލައިގައި، ރައީސް މުއިއްޒު ދައުލަތާ ދެކޮޅަށް ދޮގު ބަޔާން ދެއްވި ކަމަށް ބުނެ އެމްޑީޕީގެ ސަރުކާރުން އެ މަނިކުފާނުގެ މައްޗަށް ދައުވާ ކުރި އެވެ. ނަމަވެސް، 2023 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ރައީސް މުއިއްޒުގެ މައްޗަށް ސާބިތުނުވާ ކަމަށް ނިންމައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;