ads
މަސައްކަތް ކުރަން ތިބި ދެމީހުން ވެއްޓުނު އިމާރާތް
އިމާރާތަކުން ދެ މީހުން ވެއްޓުން: 5،000 ރުފިޔާގެ ޖޫރިމަނާއެއް
ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ދެމީހަކު ވެއްޓުމުން އެ ކަމުގައި އިހުމާލުވި މީހުން 5،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
Advertisement

ލޭގެ މަޖީދީ މަގުގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. މި ދެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު އެތަނުން އެކަކު ވަނީ ދޫކޮށްލާފައެވެ. އަނެއް މީހާއަށް ފަރުވާދެމުން އަންނަނީ ވޯޑުގައެވެ. 

މާލޭ ސިޓީ ކައުންސިލުން ބުނީ ދެ ބިދޭސީން ވެއްޓުނު އިމާރާތުގައި އެ މީހުން މަސައްކަތް ކުރަމުންދިޔައީ  ސަލާމާތީ ފިޔަވަޅުތައް ރަނގަޅަށް ނާޅައި ބަލަން ޖެހޭ ވަރަށް ނުބަލައިކަމަށެވެ. އެހެންކަމުން ކައުންސިލުން ވަނީ އެ ކަމުގައި އިހުމާލުވާ ފަރާތް ހޯދާ ފިޔަވަޅު އަޅާ ޖޫރިމަނާ ކޮށްފައިކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މި މައްސަލާގައި އިހްމާލުވި ފަރާތް ޖޫރިމަނާކޮށްފައިވަނީ 5000 ރުފިޔާއިންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;