ads
ފުލުހުން ނުކުމެ މަގުމަތި ބަލަހައްޓަނީ
ވެހިކަލް ދުއްވާ މީހުންގެ ފޯނު ނަމްބަރުތައް 7 ދުވަސްތަރޭ އަޕްޑޭޓްކޮށް މިނިސްޓްރީއަށް އަންގަން ބުނެފި
އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނުގެ ދަށުން ފިޔަވަޅުތައް އަޅަން ފަށަން ވެގެން ވެހިކަލް ދުއްވާ މީހުންގެ ފޯނު ނަމްބަރުތައް 7 ދުވަސްތަރޭ އަޕްޑޭޓްކޮށް އެކަން ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގަން އެ މިނިސްޓްރީން އެދެފި އެވެ.
Advertisement

މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މި ޤާނޫނާއި އަދި މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ ހިިލާފުވާ ފަރާތްތަކާމެދު، މި އިޢުލާނު ޝާއިޢުކުރާ ތާރީޚުން ފެށިގެން 7 ދުވަހުގެ ފަހުން ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ތަންފީޒީ އިދާރާގެ ޒިންމާ އަދާކުރަން ފަށާނެކަން އާއްމުކޮށް އަންގާ އިޢުލާންކުރާކަމަށެވެ. 

އެހެންކަމުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އަދި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެންމެހައި ފަރާތްތަކުން އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް އިލްތިމާސްކުރާކަމަށްވެސް މިނިސްޓްރީން ވަނީ ބުނެ ފައެވެ. 

މިފަދައިން ދިވެހި ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެކަން ރައްދުވާ ފަރާތްތަކަށް އެސް.އެމް.އެސް އަދި އީމެއިލް މެދުވެރިކޮށް އެކަމުގެ މަޢުލޫމާތު ހިއްސާކުރެވޭނެ ކަމަސް މިނިސްޓްރީން ބުނެ އެވެ. އެހެންކަމުން، އެކިއެކި ކަންކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ސީދާ އެފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މި އިއުލާނު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 7 ދުވަހުގެ ތެރޭގައި، މިހާރު ބޭނުންކުރައްވާ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ސިމްސް (SIMS)  ޕޯޓަލް އިން އަޕްޑޭޓް ކުރުމަށް މިނިސްޓްރީން ވަނީ އަންގާފަ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް