ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިހާރު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި އެމާޖެންސީ ރެސްޕޯންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، "ނެކްސް ޖެނެރޭޝަން ހޯލް ހޭންޑްލިންގ އިކްއިޕްމަންޓް" އަންނަ އަހަރު ގާއިމުކުރެވޭނެ ކަމަށެވެ. މީގެ ސަބަބުން އެހީއަށް އެދި ގުޅާ ފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވި، އެ ސަރަޙައްދެއްގައި ހުންނަ ފުލުހުންގެ ކެމެރާތަކުގެ ފީޑްވެސް ވަގުތުން ބަލައިލެވޭނެކަމަށް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ފުލުހުންނަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ހޯދައިދެއްވުންކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، ފުލުހުންގެ ކޯލް ސެންޓަރުގެ ހިދުމަތްތައް ވެސް ޒަމާނީ ކުރާނެ ކަމަށެވެ. އެގޮތުން ފުލުހުންގެ ކޮމާންޑް އެންޑް ކޯލް ސެންޓަރުގައި ހުރި 911 އެމާޖެންސީ ރެސްޕޮންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރުމަށް، އެހީއަށް އެދި ގުޅާ މީހާ ހުންނަ ތަނެއް ވަގުތުން ދެނެގަނެވޭނެ ގޮތް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މީހަކު ހުންނަ ތަނެއް ދެނެގަތުމަށް ފަހު، އެ ސަރަހައްދެއްގައި ހުންނަ ފުލުހުންގެ ކެމެރާތަކުގެ ފީޑް ވަގުތުން ލިބޭ ގޮތަށް ސިސްޓަމްތައް އަޕްގްރޭޑް ކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
އެ މަސައްކަތްތައް ނިމޭ އިރު ފުލުހުން ރައްޔިތުންނަށް ދޭ ހިދުމަތް އެތައް ގުނައަކަށް ފުރިހަމަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މިރޭ ބޭއްވި ރަސްމިއްޔާތުގައި، ފުލުހުންގެ ހިދުމަތަށް ރީތި ނަން ހޯދައިދެއްވި ހަތް މުވައްޒަފަކަށް "ޕްރައިޑް އެންޑް މެރިޓް އެވޯޑް" އަރުވާފައިވެ އެވެ. ހަމައެއާއެކު، ދިވެހި ފުލުހުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ އާންމު 20 ފަރާތަކަށާއި މުއައްސަސާއަކަށް، ހަނދާނީ އައްޑަނައާއި، ހަނދާނީ ރަން ފިލާ އަދި ހަނދާނީ ފިލާ ވަނީ އަރުވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;