މިއީ، މާފަންނު މުރަނގަ މަގުގައި ހުރި، 'ކްރާސާ' ފިހާރައިގެ ތެރެއަށް ބަޔަކު ވަދެ ވަޅިން ހަމަލާދީ މީހަކު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރި، އިބްރާހީމް ފައިހް ނިޒާމު، ސ. މަރަދޫފޭދޫ/ ރަށްދެބައިގެ އަދި، ސިރުހާން އަލީ، ތ. ގާދިއްފުށި/ ގުލޭނޫރައްމާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފު މައްސަލައެވެ.
މިއީ، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ 21:28 ކަންހާއިރު 'ކްރާސާ' ފިހާރައިގެ ތެރެއަށް ބަޔަކު ވަދެ އެ ފިހާރަ ތެރޭގައި ހުރި މުހައްމަދު އަހްމަދު ދީދީ (30އ) އަށް ތޫނު ހަތިޔާރަކުން ހަމަލާދިނުމުން އޭނާ މަރުވީ، އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ހަމަލާ ދިންތާ ތިން ދުވަސް ފަހުންނެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ އިބްރާހީމް ފައިހް ނިޒާމު، އަދި، ސިރުހާން އަލީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ އޭޕްރީލް މަހުއެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލި މި މައްސަލަ ކްރިމިނަލް ކޯޓުން ނިންމީ، ގާޒީ އިބްރާހީމް އިހުސާނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;