ads
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމު ކުޅޭ ބުރުގައި މެކްސިކޯ އާއި އެކުއެޑޯ ކުޅުނު މެޗުގެ ތެރެއިން.
ފީފާ ވޯލްޑް ކަޕް: އިކުއެޑޯ ބަލިކޮށް މެކްސިކޯ ގަދަ 16 އިން ޖާގަ ހޯދައިފި
އިކުއެޑޯގެ މައްޗަށް 2-0 އިން ކުރި ހޯދައިގެން މެކްސިކޯ 40 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގެ މެޗެއް ކާމިޔާބު ކޮށްފި އެވެ.
Advertisement

މިއީ 1986 ވަނަ އަހަރުގެ ފަހުން މެކްސިކޯއަށް ވާލްޑްކަޕްގެ ނޮކްއައުޓް މެޗެއް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ނޮކްއައުޓް ބުރެއްގެ މެޗަކުން މެކްސިކޯ މޮޅުވީ އަމިއްލަ ގައުމުގައި ބޭއްވި 1986 ގެ ވޯލްޑް ކަޕްގަ އެވެ. އެފަހަރުގެ މުބާރާތް މެކްސިކޯ އިން ނިންމާލީ ކުއާޓާ ފައިނަލާ ހިސާބުންނެވެ. 

މަޝްހޫރު އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން، 22 ވަނަ މިނިޓްގައި މެކްސިކޯ އިން ލީޑުނެގި އެވެ. ހާފުގެ މެދެއްހާ ހިސާބުން މެކްސިކޯގެ ޖޫލިއަން ކުއިނޯނޭސް އަށް ލިބުނު ބޯޅައެއް ހިފައިގެން ވަދެ، އޭނާ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ލަނޑު ޖެހި ކުއިނޯނޭސް މި ލަނޑު ޖެހީ، ރޮބާޓޯ އަލްވަރާޑޯ ދިން ބޯޅައެއް ހިފައިގެން ގޮހެވެ.  

މިއަދުގެ މެޗުގައި މެކްސިކޯގެ ދެވަނަ ލަނޑު ޖަހައިދިނީ ރައުލް ހިމިނޭޒް އެވެ. މިއީ، އެކުއެޑޯ ޑިފެންސްލައިނުގައި ހެދި ގޯހެއްގެ ފައިދާނަގައި މެކްސިކޯ އިން ޖެހި ގޯލެކެެވެ. ކުއިނޯނޭސް ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، ރައުލް ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.  

މެޗުގެ އެންމެ ފަހު މިނިޓުގައި އިކުއެޑޯގެ ޕިއެރޯ ހިންކަޕީ އަށް ވަނީ އަނގަމަތީގައި އަތް އަޅައިގެން މެކްސިކޯގެ ސަންޓިއާގޯ ހިމެނޭޒްއާ ދިމާއަށް ބަހެއް ބުނުމުގެ ސަބަބުން ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. މިއީ، މި ފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް އަމަލުކުރަން ފެށި ގަވާއިދެކެވެ. އަދި، މިއީ، މި ގޮތަށް ދެއްކި ދެ ވަނަ ރަތް ކާޑެވެ. 

ގަދަ 16 ޓީމްގެ ބުރުގައި މެކްސިކޯ ވާދަކުރަން ޖެހޭނީ އިންގްލެންޑް ނުވަތަ ކޮންގޯއާ އެވެ. އެމެޗުވެސް ކުޅޭނީ މެކްސިކޯގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;