ހިޔާގެ 16 ޓަވަރު ހުންނައިރު އެއިން ކޮންމެ ޓަވަރަކަށް 2 ލިފްޓް އިތުރު ކުރުމަށް ރައީސް ވަނީ ނިންމަވާފަ އެވެ. އެހެންކަމުން ޖުމުލަ 32 ލިފްޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ، ސްޓްރެޗާ ނުވަތަ ބަލި މީހުން އުފުލޭނެ ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ އިތުރު ލިފްޓެކެވެ.
ހިޔާ ފުލެޓުތަކަށް އިތުރު ލިފްޓު ހަރުކުރަން ހަވާލުކުރީ ޗަައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއެވެ.
އެޗްޑީސީން ބުނީ ހުރިހާ ޓަވެރެއްގައި މިހާރު ލިފްޓު ހަރުކޮށް ނިންމާފައިވާކަަމަށެވެ. އަދި އަކަން ފާހަގަކޮށް ލިފްޓުތައް އިފްތިތާހުކުރުމަށް މާދަމާރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވަން ވަނީ ނިންމާފަ އެވެ. މި ރަސްމިއްޔާތު އޮންނާނީ މާދަމާރޭ 20:15ގައި ހުޅުމާލޭ ރުއްގަނޑު 3 ގައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;