ހައްޖު ކޯޕަރޭޝަނުގެ އެމްޑީގެ މަގާމަށް ފިރުޒުލް އައްޔަންކުރީ އެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް، އިލެކްޝަން ކޮމިޝަނުގެ މެންބަރަކަށް އައްޔަންކުރުމުން އެ މަގާމު ހުސްވުމުންނެވެ.
ފިރުޒުލް މިހާތަނަށް ހުންނެވީ ރައީސް އޮފީހުގެ އަންޑަސެކްޓްރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމުގަ އެވެ. މީގެ އިތުރުން ވެރިކަން ކުރާ ޕީއެންސީގެ ތަރުޖަމާނަކީ ވެސް އޭނާ އެވެ.
ފާހަގަކުރެވޭ ގޮތުގައި، ފިރުޒުލްއަކީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީގައި ކުއްލިއްޔަތުން ޝަރީއާ ވަލްގާނޫނުން ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ހާފިޒެއް ވެސް މެއެވެ.
ފިރުޒުލް ވަނީ އާ ސަރުކާރު ރަސްމީކޮށް ހަވާލުވުމާ ހަމައަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނުކަން ވެސް އަދައިކުރައްވައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;