ads
ބޮސްނިއާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު، އެމެރިކާގެ މަލިކް ޓިލްމަން ބޯޅަ ހިފައިގެންދަނީ،
ފީފާ ވޯލްޑް ކަޕް: އެމެރިކާ ގަދަ 16 ގައި ބެލްޖިއަމްއާ ދެކޮޅަށް!
ބޮސްނިޔާގެ މައްޗަށް އެމެރިކާ ކުރިހޯދީ 2-0 ން
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމު ކުޅޭ ބުރުގައި، މެޗުގެ ދެ ވަނަ ހާފުގައި ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު، އެމެރިކާ އިން 2-0 އިން ބޮސްނިއާ ކަޓުވާލުމަށް ފަހު، މުބާރާތުގެ ގަދަ 16 ބުރުގައި ބެލްޖިއަމާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
Advertisement

މި މެޗުގައި ވެސް އެމެރިކާގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 45 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގައިފަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް، ފޮލަރިން ބަލަގަން އެވެ. 

މިއީ ބޮސްނިއާގެ އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ހަމަޖެހިލާފައި ތިރިތިރިން ފޮނުވާލައިިގެން ކާމިޔާބުކުރި ގޯލެކެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ބޮސްނިއާގެ އޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒުވި އެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އެމެރިކާއިން ނިންމާލިއިރު، މެޗުގެ 64 ވަނަ މިނެޓްގައި ބަލަގަން އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބާކީބައި ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކު އެވެ. އޭނާއަށް ރަތްކާޑު ދެއްކީ ބޮސްނިއާގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

your imageފީފާ ވޯލްޑް ކަޕް 2026 ގައި ބޮސްނިއާ ކޮޅަށް ޖެހި ފުރަތަމަ ލަނޑަށްފަހު ބަލޯގަން

އެމެރިކާއިން މެޗުގެ މޮޅު ކަށަވަރުކުރީ ފަހުކޮޅު ލިބުނު ހިލޭ ޖެހުމަކުން މާލިކް ޓިލްމަން ކާމިޔާބުކުރި ހިތްގައިމު ގޯލުންނެވެ. އޭނާ ފޮނުވާލި ބޯޅަ ބޮސްނިއާގެ ގޯލުގެ ކަނަށް ވަނީ ކީޕަރަށް ސަލާމަތް ނުކުރެވޭނެ ފަދަ ގޮތަކަށެވެ.

މި ގޯލާއެކު ބޮސްނިއާއިން މެޗަށް އެނބުރި އައުމަށްކުރި ހުރިހާ އުންމީދެއް ފެނަށްދިޔައެވެ. މި މުހިންމު މޮޅާއެކު އެމެރިކާ ދެން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައަކަށް ނުކުންނާނީ އަންނަ ހޯމަ ދުވަހު ސިއެޓްލްގައި ވަރުގަދަ ބެލްޖިއަމްއާ ދެކޮޅަށެވެ.

  • އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ހަނދަށް ބޯޅައެއް ފޮނުވަނީ

ފީފާ ވޯލްޑް ކަޕް މުބާރާތް އެމެރިކާގެ ގައުމީ ޓީމުން ކާމިޔާބުކޮށްފިނަމަ، ހަނދަށް ފުޓްބޯޅައެއް ފޮނުވުމަށް އެމެރިކާގެ ޖައްވީ އިދާރާ ކަމަށްވާ ނާސާގެ ވެރިޔާ ޖެރެޑް އައިޒަކްމަން މިހާރު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ނާސާގެ މޫން ބޭސް ޕްރޮގްރާމް މެނޭޖަރު ކާލޮސް ގާސިއާ ވިދާޅުވީ އެމެރިކާ މުބާރާތް ކާމިޔާބުކޮށްފިނަމަ ބޯޅަ ފޮނުވާނެ ޖާގަ ހޯދާނެކަމަށެވެ. އަދި މިއީ އެމެރިކާ ޓީމަށް އުނދަގޫ މަގަކަށް ވިޔަސް، ބޯޅައަކީ ލުއި އެއްޗަކަށްވުމުން މި ދަތުރުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއް އެމެރިކާއަށް ކާމިޔާބުކުރެވުނު ދެވަނަ ފަހަރެވެ. މީގެ ކުރިން އެ މޮޅު ހޯދުނީ 2002ގައި މެކްސިކޯ 2-1އިން ބަލިކޮށް، ގަދަ 16ގަ އެވެ. އޭރު ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރު ފެށެނީ ގަދަ 16 އިންނެވެ.

މިފަހަރުގެ ވޯލްޑް ކަޕް ބާއްވަނީ 48 ޓީމާ އެކު އެވެ. އެހެންވެ ފުރަތަމަ ފަހަރަށް ނޮކްއައުޓް ބުރު 32 ޓީމާ އެކު އޮންނަނީ މި ވޯލްޑް ކަޕްގަ އެވެ. މި ބުރުން މޮޅުވާ 16 ޓީމު ދާނީ ނޮކްއައުޓް ދެވަނަ ބުރަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;