ads
ރައީސް މުހައްމަދު މުއިއްޒު، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ އެކު - ފޮޓޯ: ރައީސް އޮފީސް
މިއަހަރުވެސް ފަލަސްތީނަށް ރާއްޖެއިން 50،000 ޑޮލަރުގެ އެހީ
މިއަހަރުވެސް ރާއްޖެއިން ފަލަސްތީނަށް 50،000 ޑޮލަރުގެ އެހީގެ ގޮތުގައި ދިނުމަށް ނިންމައިފިއެވެ.
Advertisement

ރާއްޖޭގެ މި ނިންމުން ހާމަކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވު 'އަންރުވާ ޕްލެޖިންގް ކޮންފަރެންސް'ގެ ތެރޭގައެވެ.


ފަލަސްތީނަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ރާއްޖެއިން ކޮންމެ އަހަރަކުވެސް އަންނަނީ، މާލީ އެހީ ދެމުންނެވެ. މީގެކުރިން ރާއްޖެއިން ކޮންމެ އަހަރަކުވެސް 5،000 ޑޮލަރު ދެމުން ދިޔަނަމަވެސް 2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ އެއަދަދު 50،000 ޑޮލަރަށް ބޮޑުކޮށްފައެވެ. 

ފަލަސްތީނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ 2024 ވަނަ އަހަރު "ފަލަސްތީނާ އެކު ދިވެހިން" ގެ ނަމުގައި ޓެލެތޯނެއްވެސް ކުރިޔަށް ގެންގޮސްފައެވެ. އެ ޓެލަތޯނުން ލިބުނު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެހީ ވަނީ އެގައުމަށް ފޮނުވާފައެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;