ސިވިލް ސާވިސް ގަވައިދަށް ގެނައި ބަދަލުގައި ވަނީ މުވައްޒަފުން ބަފާ ޓައިމްގެ ގޮތުގައި ވަގުތު ހިމަނާދީފައެވެ. އެގޮތުން ބަފާ ޓައިމް ގެ ގޮތުގައި ބުނެފައިވަނީ މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، ރަސްމީ މަސައްކަތު ވަގުތު ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ހާލަތުގައި އިތުރު ހުއްދައަކާ ނުލާ މަސައްކަތު ގަޑި އެޖަސްޓުކުރުމަށް ދެވޭ ވަގުތެއް ކަމަށެވެ.
އެގޮތުން ކޮންމެ މުވައްޒަފަކަށްވެސް ރަސްމީ މަސައްކަތު ގަޑިން ފެށިގެން ބަފާ ޓައިމްގެ ގޮތުގައި 30 މިނެޓު ލިބޭނެކަމަށް އަލަށް ގެނައި އިސްލާހުގައިވެއެވެ. އަދި ބަފާ ޓައިމްގެ ތެރޭ ހާޒިރުވާ ނަމަ އެކަމުގެ ސަބަބު ބަޔާންކޮށް އެޗުއާރު ސެކްޝަނަށް އަންގަން ޖެހޭނެކަމަށް އިސްލާހުގައިވެއެވެ.
އެހެންނަމަވެސް ބަފާ ޓައިމްގެ ގޮތުގައި ލިބޭ 30 މިނެޓުގެ ފަހުން އޮފީހަށް ހާޒިރުވެއްޖެނަމަ އެ މުވައްޒަފަކު ގަޑި ޖެހުނުކަމަށް ބަލާނެކަމަށްވެސް ސިވިލް ސާވިސް ގަވައިދަށް ގެނައި އިސްލާހުގައިވެއެވެ.
ބަފާ ޓައިމްގެ 30 މިނެޓް ކަނޑައަޅާ އެ ވަގުތުގެ ތެރޭ އޮފީހަށް ހާޒިރުވި ވަގުތަށް ބަލާ، އޮފީސް ނިމޭ ވަގުތު އެ މިންވަރަށް ފަސްކުރަންވެސް ގަވައިިދުގައި ވަނީ ހިމަނާފައެވެ. އެގޮތުން އެ މުވައްޒަފަކު އޮފީހަށް ދާންޖެހޭ ވަގުތަކީ ހެނދުނު 08:00 ޖަހާއިރު ކަމަށްވެފައި އެ މުވައްޒަފު އޮފީހަށް ހާޒިރުވީ 08:20 ގައި ނަމަ އޭނާގެ އޮފީސް މަސައްކަތް އެދުވަހަކު ނިމޭނީ 02: 20 ގައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;