އެ ސްކޫލުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓުގައި ބުނީ އެ ސްކޫލުގައި 18 އަހަރާއި 9 މަސް ދުވަހު ހިދުމަތް ކުރެއްވި ޝަތީޝް ކުއްލި ގޮތަކަށް ނިޔާވުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެެއް ކަމަށެވެ.
ސްކޫލުން ބުނީ ސަތީޝް ވަނީ ދިގު މުއްދަތަކަށް ސްކޫލާއި މުޖުތަމައަށް ހިދުމަތްކޮށްދީފައި ކަމަށާއި އޭނާގެ އިލްމާއި އޯގާތެރިކަމާ އެކު އެތައް ޖީލެއް އިންސްޕަޔާކޮށްދިން ކަމަށެވެ.
ޓީޗަރަކަށް ވުރެ ބޮޑަށް އޭނާއަކީ މެންޓާއެއް ނުވަތަ ގައިޑެއް ކަމަށާއި އެހެންވެ، އޭނާ ކިޔަވައިދިން ކުދިންނާއި އޭނާ ދަންނަ މީހުންގެ ހިތުގައި އަބަދުވެސް އޭނާގެ ހަނދާންތައް އާވާނެ ކަމަށް އެ ސްކޫލުން ބުންޏެެވެ
ހަބަރު ލިބިފައިވާ ގޮތުގައި އިއްޔެ ހަވީރެއްހާއިރު އޭނާގެ ބޮލުގައި ރިއްސާތީ އުޅުނެވެ. އެކަމަކު އޭގެ ފަހުން އެކުގައި އުޅޭ މީހުންނަށް ޚަބަރެއް ނުވެގެން ބެލިއިރު އޮތީ މަރުވެފައި ކަމަށްވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;