ads
ރައީސް ޑރ. މުއިއްޒު
މިއީ ރާއްޖެއާއި އެމެރިކާގެ ގުޅުމަށް ހާއްސަ އަހަރެއް: ރައީސް
އެމެރިކާއާއެކު އޮންނަ ގުޅުމަށް ދިވެހިރާއްޖެއިން ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މުއިއްޒު މިހެން ވިދާޅުވީ އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރޭ މުނާސަބަތުގައި، ޓްރަމްޕަށާއި، އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުވި ތަހުނިޔާ މެސެޖުގަ އެވެ.

ރައީސް މުއިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ރާއްޖެ އާއި އެމެރިކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތު ވެސް މި އަހަރާ ދިމާވުމާ އެކު، މިއީ ދެ ގައުމަށް ވެސް ވަރަށް ހާއްސަ އަހަރެއްކަން ފާހަގަކުރެއްވި އެވެ. 

އެމެރިކާއާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދޭ ކަމަށާއި، ސަލާމަތާއި ދިފާއީ ރޮނގުންނާއި، ވިޔަފާރިއާއި އިގުތިސޯދީ ތަރައްގީއާއި، ތައުލީމީ ދާއިރާގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުން ފަދަ، ދެ ގައުމުގެ މަސްލަހަތު ހިމެނޭ، ދާއިރާތަކުން ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުންމަތީ ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެ އެވެ.

ރައީސްގެ ސިޓީފުޅު ނިންމަވާލައްވަމުން، ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ، އަދި ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ރަޙުމަތްތެރިކަމާއި އެއްބާރުލުންދިނުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށްޓަކައި އެމެރިކާގެ ރައީސް ޓްރަމްޕާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައިވެ އެވެ.

ދިވެހިރާއްޖެއާއި އެމެރިކާއިން ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1966 ވަނަ އަހަރު އެވެ. ދިވެހިރާއްޖެ މިނިވަންކަން އިއުލާން ކުރުމާއެކު އެމެރިކާއިން ދިވެހި ރާއްޖެ ބަލައިގަނެ އެ ގައުމުގެ ސަފީރެއް އައްޔަންކޮށްފައި ވެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;