ads
މޮރޮކޯ ކުޅުން ތެރިން އުފާ ކުރަނީ
ކެނަޑާ ސައިޒަށް ތިރިކޮށް މޮރޮކޯ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް!
މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކޯ ހޯސްޓް ކެނެޑާ 3-0 އިން ބަލި ކޮށް މޮރޮކޯ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
Advertisement

މޮރޮކޯގެ ފުރަތަމަ ދެ ގޯލު ދެވަނަ ހާފުގައި ޖަހައިދިނީ އަޒަދީން އޮނާހީ އެވެ. އޭނާ ވަނީ އަޝްރަފް ހަކީމީގެ ޕާހަކުން 50 ވަނަ މިނިޓުގައި މޮރޮކޯ އަށް ލީޑު ނަގައިދީފަ އެވެ. އަދި ދެވަނަ ލަނޑު، ބްރަހީމް ޑިއާޒްގެ ޕާހަކުން ޖަހައިދިނީ 82 ވަނަ މިނިޓުގަ އެވެ.

އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނިޓު ހަމަވާން 10 ވަރަކަށް ސިކުންތަށް ވެފައި ވަނިކޮށް ކައުންޓާ އެޓޭކެއްގައި މޮރޮކޯގެ ފަހު ލަނޑު ޖަހައިދިނީ ސުފިއާން ރަހީމީ އެވެ. މި ލަނޑު ޖަހަން އެހީ ވީ ވެސް ޑިއާޒް އެވެ.

your imageރަހީމީ މިރޭގެ މެޗުގައި މޮރޮކޯގެ ތިންވަނަ ގޯލު ޖެހުމަށްފަހު. - ފޮޓޯ: އޭއެފްޕީ


މެޗުގައި މޮރޮކޯއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މިމެޗާ ހަމައަށް މުބާރާތުގައި އެމީހުން ކުޅުނު ކޮންމެ މެޗެއްގައި ލަނޑު ޖެހި އިސްމާއީލް ސައިބާރީ އަށް 18 ވަނަ މިނިޓްގައި އަނިޔާވެ ބަދަލުކުރަން ޖެހުމެވެ. 

ކެނަޑާ އިން މި ފަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލިއިރު، އެ ޓީމަކީ ވޯލްޑް ކަޕްގައި އެއްވެސް މެޗަކުން ޕޮއިންޓެއް ވެސް ލިބިފައިވާ ޓީމެއް ނޫނެވެ. އެކަމަކު، ޖެސީ މާޝްގެ ކޯޗުކަމުގައި ކެނަޑާ އިން ވޯލްޑް ކަޕްގެ ދެ ވަނަ ބުރަށް ދަތުރުކުރުމަކީ ވެސް ކާމިޔާބެެކެވެ.  

your imageމެޗަށް ފަހު ކެނެޑާގެ ފޯވާޑް ޖޮނަތަން ޑޭވިޑް (ކ) އާއި މޮރޮކޯގެ ކެޕްޓަން ހަކީމީ ސަލާމް ކުރަނީ - ފޮޓޯ: އޭއެފްޕީ

މި މެޗުގައި މޮރޮކޯ ކޮޅަށް ލަނޑެއް ނުޖެހި ކެނަޑާ ބަލިވިއިރު، މިއީ މި ފަހަރުގެ ވޯލްޑް ކަޕްގެ ހޯސްޓަކަށް މެޗެއްގައި ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ ފަަހަރެެވެ. 

މޮރޮކޯ އިން ކުއާާޓާ ފައިނަލުގައި ކުޅޭނީ ފްރާންސާއި ޕެރަގުއޭ އިން ގަަދަ 16 ގައި ކުޅެގެން މޮޅުވާ ޓީމަކާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;