ads
ހިމަބިހި
ހިމަބިހި އެންމެ ބާރަށް ފެތުރެމުންދާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ
މި ސަރަހައްދުން އެންމެ ބާރަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ވެސް ހިމެނިއްޖެއެވެ.
Advertisement

ރާއްޖެއިން ނައްތާލާގައިވާ ހިމަބިހި (މީސަލްސް) ޖެހިފައިވާ ބަޔަކު މާލޭ ސަރަހައްދުން ފެނުނުކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިިދިޔަ މޭ މަހުގެ 13 ވަނަ ދުވަހުއެވެ. އޭގެ ފަހުން މި ބަލި ކޮންޓްރޯލްނުވެ އަންނަނީ ފެތުރެމުންނެވެ. 

އެޗްޕީއޭއިން ހިސާބުތައް ދައްކާގޮތުން މި ބަކި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 72އަށް އަރާފައެވެ. މިީ މި ބަލި ރާއްޖޭން ނައްތާލި ފަހުން އެންމެ ގިނަ އަދަދަކަށް މީހުންނަށް ޖެހުނު ފުރަތަމަ ފަހަރެވެ.  

ތަފާސް ހިސާބުތަކުން ދައްކާގޮތުން މި ސަރަހްއދުގައި ހިމަބިހި އެންމެ ބާރަށް ފެތުރޭ ގައުމުތަކުގެ ލިސްޓުގެ ތިން ވަނާގައި އޮތީ ރާއްޖެއެވެ. ހިމަބިހި އެންމެ ބާރަށް ފެތުރުމެނުން އަންނަ ގައުމަކީ ބަންގްލަދޭޝްއެވެ. ދެން މި ބަލީގެ މީހުން އެނެމް ގިނައީ އިންޑިއާގައެވެ.

ހިމަބިހި ކޮންޓްރޯލް ނުވެ ފެތުރެމުންދާތީ 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދޭން އެޗްޕީއޭ އިން ވަނީ ފަށާފައެވެ. 

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ބައްޔެކެވެ. އެހެންނަމަވެސް 2023 ވަނަ އަހަރު ވެސް މި ބަލީގެ ކޭސްތަކެއް ވަނީ ރާއްޖެއިން ފެނިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;