ހެރިޓޭދޖް މިނިސްޓްރީން ބުނީ އެ މިނިސްޓްރީނގެ ދަށުން ހިންގާ ހުރިހާ އިދާރާތަކެއްގެ މީޑިއާ މަސައްކަތް ކުރުމަށް ޕީއާރު ފާމެއްގެ ހިދުމަތް، 2 އަހަރުގެ މުއްދަތެއް ދޭނެ ބަޔަކު ބޭނުންވާކަމަށެވެ.
ޕީއާރް ފާމެއްގެ ގޮތުގައި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 14 އާ ހަމައަށް ވަނީ ހުޅުވާލެވިފައިވާކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.
އެކަމަށް އެދި ހުށަހަޅާ އިރު، ޖުމްލަ އަގު 500،000ރ. އަށް ވުރެ ބޮޑު ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 5،000ރ. ހުށަހަޅަން ޖެހޭނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ޕަފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބީލަން ކާމިޔާބުކުރާ ފަރާތަކުން 250،000ރ. ހުށަހަޅަން ޖެހޭނެކަަމށާއި އެ އަދަދު އެއަށް ވުރެ ބޮޑުވާނަމަ ރާއްޖޭގެ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން މިކަމަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީ ޕަފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަޙަޅަން ޖެހޭނެކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;