އެ މަޝްރޫއަކީ ހިޔާ ފުލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ލިފްޓުގެ ދަތިކަން ކުރިމަތިވާތީ، އެކަމަށް ހައްލެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަޝްރޫއު އިފުތިތާހުކޮށްދެއްވީ އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު، ޑރ. އަބްދުﷲ މުއްރަލިބް އެވެ.
އެ މަޝްރޫއުގެ ދަށުން ހިޔާގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރުކޮށް، ޖުމްލަ 32 ލިފްޓު ވަނީ ހަރުކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ބަލިމީހުން އުފުލުމަށް ހާއްސަ ސްޓްރެޗާ އެރުވޭ ފަދަ 21 މީހުންގެ ޖާގައިގެ ބޮޑު ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ އިތުރު ލިފްޓެކެވެ.
އެ ލިފްޓުތަކަކީ ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭނެހެން ބްރެއިލް އަކުރުން ފްލޯ ނަންބަރުތައް ޖަހާފައިވާ ޒަމާނީ ލިފްޓުތަކެކެވެ. 25 ފަންގިފިލާގެ ހިޔާ މަޝްރޫއުގައި 6،720 ހައުސިން ޔުނިޓް ހިމެނޭއިރު، ކޮންމެ ޓަވަރެއްގައި 400 އެއްހާ އެޕާޓްމަންޓު ހުރެއެވެ. އަދި ކޮންމެ ޓަވަރެއްގެ އާބާދީ ގާތްގަނޑަކަށް 2،000 އާ ގާތްކުރެ އެވެ.
ޓަވަރުތައް ފުރަތަމަ ތަރައްޤީކުރިއިރު، އެތަންތަނުގައި ހަރުކޮށްފައިވަނީ ބަލިމީހުން އުފުލާ ހެދޭހާ ތަނަވަސް ލިފްޓުތަކެއް ނޫނެވެ. މީގެ ކުރިން ކޮންމެ ޓަވަރެއްގައި ހުންނަނީ 3 ނުވަތަ 4 ލިފްޓެވެ. އަދި ޓަވަރުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަރައި ފޭބުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާތީ، އެކަމުގެ ކަންބޮޑުވުން އާންމުން ވަނީ މީގެ ކުރިން ފާޅުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;