ads
ގުދުސްގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކުގެ މައްސަލައިގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމް. - ފޮޓޯ: ފޮރިން މިނިސްޓްރީ
ފަލަސްތީނު ރައްޔިތުންގެ އަމިއްލަ ކުރިމަގު ބިނާކުރަން ގުދުސް ހިމާޔަތް ކުރަންޖެހޭ: ރާއްޖެ
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް އަމިއްލަ ގައުމުގައި ދެމިތިބުމާއި، ގެދޮރާއި ވަޒަނާއި އަދި އަޅުކަންކުރުމުގެ ފުރިހަމަ މިނިވަންކަން ކަށަވަރުކުރަން ގުދުސް ހިމާޔަތް ކުރަން ރާއްޖެއިން ގޮވާލައިފި އެވެ.
Advertisement

މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި، ގުދުސްއާ ގުޅޭގޮތުން ބޭއްވި އަރަބި އިސްލާމީ ގައުމުތަކުގެ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު ސާފުކަމަށެވެ. 

އެގޮތުން މިހާރު އެބިމުގައި ހިންގަމުންދާ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ވަނީ ގޮވާލައްވާފަ އެވެ. އިރުތިޝާމް ވިދާޅުވީ ބައިނަލްއަގްވާމީ ގާނޫނުތަކާއި މުޢަހަދާތަކާއި ހިލާފަށް ގުދުސްގައި ޔަހޫދީން ވަޒަންވެރިކޮށް ހިންގަމުންދާ ޖަރީމާތަކާއެކުވެސް އެތަނުގެ މާތްކަމާއި އެތަނުގެ މުޤައްދަސްކަމަށް ބަދަލެއް ނާންނާނެކަމަށެވެ.

"ގުދުސް ހިމާޔަތްކުރުމަކީ ފަލަސްތީނުގެ ރައްޔިތުންގެ މުސްތަގުބަލު އަމިއްލައަށް ހިޔާރުކޮށް ކުރިއަށްދިޔުމުގެ ފުރިހަމަ މިނިވަންކަން އެރައްޔިތުންނަށް ލިބިދިނުންކަމަށާއި ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާ މިންވަރު ބައިނަލްއަގްވާމީ ދުނިޔޭގައި އިތުރުކުރުމަށް މަސައްކަތްކުރުމާއެކު ފުރިހަމަ މާނައިގައި އދ.ގެ މެމްބަރު ގައުމަކަށް ފަލަސްތީނު ހެދުމަށް މަސައްކަތްކުރުމަށްވެސް އެކުގައި މަސައްކަތްކުރަންޖެހޭ" އިރުތިޝާމް ވިދާޅުވި އެވެ.

ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މުޖުތަމައުން އެއް އަޑަކުން ވާހަކަދައްކާތާ އެތައް އަހަރެއް ވެފައިވާކަން ފާހަގަކޮށް، އިރުތިޝާމް ގޮވާލެއްވީ، އެ އެއްބައިވަންތަކަން އަމަލީ ފިޔަވަޅުތަކަކަށް ބަދަލުކޮށް، ނަތީޖާ ނެރުމަށް މިހާރުން މިހާރަށް މަސައްކަތް ފެށުމަށެވެ.

ޖޮއިންޓް އަރަބް އިސްލާމިކް މިނިސްޓީރިއަލް މީޓިން އޮން ޖެރުސަލެމްއަކީ ގުދުސްގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އުރުދުންގެ ފަރާތުން މިމައްސަލައިގައި ހައްލެއް ހޯދުމަށް ޢަރަބި އިސްލާމީ ޤައުމުތަކާއި ގުޅިގެން ބާއްވަމުންދާ ބައްދަލުވުންތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް