ads
ގ.ފުންފަޅު ގޭގެ ރޯވެ އަދަނީ
ގ.ފުންފަޅު ގޭގެ ރޯވެގެން ފަޔާ ޓީމު ހަރަކާތްތެރިވަނީ
ގަލޮޅުގައި ހުރި ގެއެއްގައި ރޯވެގެން އެމްއެންޑިއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
Advertisement

އެމްއެންޑީއެފުން ބުނީ ރޯވެފައިވަނީ ގ.ފުންފަޅު ގޭގެ ހަތަރުވަނަ ފަންގިފިލާގައިކަމަށެވެ. އަދި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަާވިސްއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި، ފުންފަޅު ގޭގެ ފަސްވަނަ ފަންގިފިލާގައި އަލިފާން ވަނީ ވަރަށް ބޮޑަށް ހިފައިފަ އެވެ. އަދި އެ ތަނުން ކަޅުކުލައިގެ ބޯ ދުން އަރާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެ އެވެ.

އެ ހާދިސާ ހިނގީ ކިހިނެއްކަން އަދި ޔަގީނެއްނޫނެވެ. މި ހާދިސާގެ ރިޕޯޓު ލިބުނީ މިރޭ 10:49 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;